ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ސިއްހި ޚިދުމަތްތެރިން މަދުވެފައިވާތީ، ސިއްހީ ޚިދުމަތްތެރިން ހޯދުމަށް ހެލްތު މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
އެ މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކޮވިޑްގެ ބަލި މީހުންނަށް ސިއްހީ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރުމަށް މެޑިކަލް އޮފިސަރުން މަދުވެފައިވާ ކަމަށެވެ. އަދި ނަރުހުންނާއި ހެލްތު ވޯކަރުންނާއި ހެލްތު އިމެޖެންސީ ސެންޓަރުގައި މަސައްކަތްކުރާނެ ފަރާތްތައްވެސް މަދުވެފައިވާ ކަމަށެވެ.
އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އަންގާފައިވާ އިރު، އީމެއިލް ކުރައްވާއިރު ލައިސަންސް އަދި ރަޖިސްޓްރޭޝަން ފޮނުވުމަށްވެސް ވަނީ އެދިފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބަލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާ އިރު، މި ފަހަކަށް އައިސް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ނިޔާވާ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.
