ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފިލްމު ފެސްޓިވަލް ކަމަށްވާ، 79 ވަނަ ކާން ފިލްމު ފެސްޓިވަލް ފަރަންސޭސިވިލާތުގައި އަންގާރަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ. މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުން ދުނިޔޭގެ މަޝްހޫރު ގިނަ ފިލްމީ ތަރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
މި އަހަރުގެ ފެސްޓިވަލްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި ހޮލީވުޑްގެ ތަރި ޑެމީ މޯ އެކޭ އެއްގޮތަށް ގިނަ ތަރިންތަކެއް ބައިވެރިވެއެވެ. މީގެ އިތުރުން ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޕީޓާ ޖެކްސަން ފަދަ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ހާއްސަ ހަރަކާތްތަކެއް މި ފެސްޓިވަލްގެ ތެރޭގައި ކުރިއަށްދާނެއެވެ. ފެސްޓިވަލްގެ ރެޑް ކާޕެޓުން ފެނިގެންދާ ފުރިހަމަ ފޭރާމާއި ގްލެމަރަސް މަންޒަރުތަކުގެ ވާހަކަ މިހާރު ވެސް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ފެސްޓިވަލްގެ ކުރިއަށް ހުރި ދުވަސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އާ ފިލްމުތައް ދައްކާލުމާއި، ފިލްމީ ދާއިރާގެ ކުރިއެރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. މި ފެސްޓިވަލަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފިލްމު އުފައްދާ ފަރާތްތަކާއި ތަރިންގެ ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު އެއް ފުރުސަތެވެ.
