މި އަހަރު ބޭއްވި މެޓް ގާލާގައި އެލީސާ ފެނިގެންދިޔައީ ލުއީ ވިޓޯންއިން އޭނާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ހެދުމެއްގައެވެ. މިއީ ލުއީ ވިޓޯންއިން ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ޒުވާން ތަރިންނާ ގުޅިގެން މަސައްކަތްކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ފެޝަން ދާއިރާގެ މީހުން ބުނެއެވެ.

ޖެން-ޒީގެ ސްޓައިލާއި ކުޅިވަރުގެ ހުނަރު އެއްކޮށްލުމަކީ މިހާރު މި ބްރޭންޑުން އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ކަންތަކެވެ.
ލުއީ ވިޓޯންއިން ދަނީ މިއުޒިކާއި ކުޅިވަރުގެ އިތުރުން ސަގާފީ އެކި ދާއިރާތަކުގެ މަޝްހޫރު މީހުންނާއެކު އެ ބްރޭންޑުގެ ގުޅުން ވަރުގަދަކުރަމުންނެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ފަހުކޮޅު މަޝްހޫރު ރެޕާ ފިއުޗާވެސް ވަނީ އެ ބްރޭންޑުގެ އެމްބަސެޑަރަކަށް ހަމަޖައްސާފައެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ޒުވާނުންނާއި ޓޫރިސްޓުންގެ މެދުގައި ލުއީ ވިޓޯންގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ.
