މުސްލިމުންގެ ހަޔާތުގައި ކުރާނެ އެންމެ މުހިންމު އަދި އެންމެ މާތް އެއް ދަތުރަކީ ޙައްޖު އަދި ޢުމްރާގެ މާތް އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރާ ދަތުރެވެ. މި ދަތުރަށް ދިވެހިން އެތައް އަހަރެއް ވަންދެން ތައްޔާރުވާއިރު، މިއީ ގިނަ ފައިސާތަކެއް ހަރަދުކޮށްގެން ކުރާ ދަތުރެކެވެ. ނަމަވެސް، ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ނުވަތަ ޞިއްޙީ މައްސަލައަކަށް ދުރާލާ ތައްޔާރުވެފައި އޮތުމަކީ އަމިއްލަ ނަފުސަށާއި ޢާއިލާއަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ދަތުރުވެރިންނަށް ދިމާވެދާނެ މިފަދަ ހާސްކަންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެލައިޑު ތަކާފުލްއިން މިވަނީ ހާއްސަ ޕެކޭޖެއް ތަޢާރަފުކޮށްފައެވެ. އެލައިޑުގެ "ޙައްޖު އަދި ޢުމްރާ ތަކަފުލް" އަކީ ޙައްޖާޖީންނާއި ޢުމްރާއަށް ދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. މިއީ މުޅި ދަތުރުމަތީގައި ދިމާވާ މާލީ އަދި ޞިއްޙީ ގެއްލުންތަކުން ސަލާމަތްވުމަށް އޮތް އެންމެ އިތުބާރު ހިފޭ އެއް މަގެވެ.

ބޭރު ޤައުމެއްގައި ހުންނައިރު ބަލިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޚާއްޞަކޮށް މެޑިކަލް ފަރުވާތަކަށް ބޮޑެތި ހަރަދުތަކެއް ހިނގާފާނެއެވެ. އެލައިޑު ތަކާފުލްގެ މި ޕެކޭޖުގެ ދަށުން ކުއްލި ޞިއްޙީ ފަރުވާތަކަށް ހިނގާ ހަރަދުތައް ފުރިހަމައަށް ކަވަރުކޮށްދޭނެއެވެ. މީގެ ސަބަބުން، ބަލިވެއްޖެ ހާލަތެއްގައި ފައިސާއާ މެދު ކަންބޮޑުވުމެއް ނެތި، އަވަސް ފަރުވާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ.

ދަތުރުމަތީގައި އެންމެ އާންމުކޮށް ދިމާވާ އަނެއް މައްސަލައަކީ ލަގެޖު ގެއްލުމެވެ. ނުވަތަ ލަގެޖު ލިބުން ލަސްވުމެވެ. މި ކަވަރޭޖުގެ ދަށުން ޗެކްއިން ކޮށްފައިވާ ލަގެޖު ގެއްލުމުން ނުވަތަ ލަސްވުމުން ލިބޭ ގެއްލުން ކަވަރުކޮށްދެއެވެ. އޭގެ އިތުރުން، އަތުގައި ހުންނަ ފައިސާ ނުވަތަ އަގުބޮޑު ތަކެތި ގެއްލުމާއި، ޕާސްޕޯޓު ފަދަ މުހިންމު ލިޔެކިޔުންތައް ގެއްލުމުން ކުރިމަތިވާ މާލީ ގެއްލުންތަކަށް ވެސް މި ޕެކޭޖުން ބަދަލު ލިބޭނެއެވެ.

ދަތުރުތައް ކެންސަލުވުމާއި، ފްލައިޓު ޑިލޭވުމަކީ ވެސް ދަތުރުވެރިންނަށް އުފުލަންޖެހޭ ބޮޑު ތަކުލީފެކެވެ. އެލައިޑު ތަކާފުލްގެ ޙައްޖު އަދި ޢުމްރާ ތަކަފުލް އިން ވަނީ މިކަންކަމަށް ވެސް ހައްލެއް ހޯދައިދީފައެވެ. ދަތުރު ލަސްވުމާއި، ކަނެކްޝަން ފްލައިޓު މިސްވުމާއި، އަދި ހައިޖެކް ކުރުން ފަދަ ބިރުވެރި ހާދިސާއެއް ދިމާވި ނަމަވެސް، އެކަމުން ލިބޭ މާލީ ގެއްލުމަށް މި ޕެކޭޖުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އިންސާނާގެ ފުރާނައަކީ ކޮންމެ ވަގުތަކު ވެސް ނެތިދާނެ އެއްޗެކެވެ. މި މާތް ދަތުރުމަތީގައި މީހަކު ނިޔާވުން ނުވަތަ ދާއިމީކޮށް ނުކުޅެދޭ ހާލަތަކަށް ހިނގައްޖެ ނަމަ، އެ މީހެއްގެ ޢާއިލާއަށް ވެސް ބޮޑު ހިތާމައަކާ ކުރިމަތިވާނެއެވެ. މިފަދަ ހިތާމަވެރި ހާލަތްތަކުގައި ވެސް މާލީ ގޮތުން ޢާއިލާއަށް އެހީތެރިވުމަށް ޓަކައި، މަރުވުމުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ލިބޭ ކަވަރޭޖު ވެސް މި ޕެކޭޖުގައި ވަނީ ހިމަނާފައެވެ. އަދި އަމިއްލަ ޒިންމާތަކުގެ ސަބަބުން ދިމާވާ ކަންކަމަށް ވެސް ރައްކާތެރިކަން ލިބެއެވެ.

ދުނިޔޭގެ ޞިއްޙީ ހާލަތަށް އައި ބަދަލާއެކު، ކޮވިޑް ބަލީގެ ބިރުވެރިކަން އަދިވެސް އެބައޮތެވެ. އެލައިޑު ތަކާފުލުން ވަނީ މިކަމަށް ވެސް ވިސްނާފައެވެ. އެގޮތުން، އާންމު ޕެކޭޖުގެ އިތުރުން، ކޮވިޑް ކަވަރޭޖު ހިމެނޭ ގޮތަށް ވެސް މި ކަވަރޭޖު ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ކޮވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުވާން ޖެހުން ފަދަ ހާލަތެއްގައި ހިނގާފާނެ އިތުރު ހަރަދުތަކުން ސަލާމަތްވުމަށް ނެގިދާނެ ވަރަށް މުހިންމު ކަވަރޭޖެކެވެ.

މި ކަވަރޭޖު ނެގުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދިގު ކިޔުތަކުގައި މަޑުކުރާކަށް ނުޖެހޭނެއެވެ. އޮންލައިންކޮށް ވަރަށް ފަސޭހައިން ފޯމު ހުށަހެޅޭނެއެވެ. މިކަމަށް ބޭނުންވާނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމަކާއި، ޕާސްޕޯޓު ކޮޕީއެއްގެ އިތުރުން ޙައްޖު ނުވަތަ ޢުމްރާ ކާޑުގެ ކޮޕީއެކެވެ. މިއީ ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގޭގައި ހުރެގެން ވެސް ފަސޭހައިން ނިންމާލެވޭނެ ކަމެކެވެ.

ކްލެއިމް ކުރުމުގެ މަރުހަލާ ވެސް އެލައިޑު ތަކާފުލުން ވަނީ ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ ގޮތަށް އިންތިޒާމުކޮށްފައެވެ. ދަތުރުމަތީގައި ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެލައިޑުގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ. އަދި މައިއެލައިޑު މެދުވެރިކޮށް ވެސް މި ޕްލޭން ނެންގެވޭނެއެވެއެވެ. ވައްކަމެއް ފަދަ ކަމެއް ދިމާވެއްޖެނަމަ ޕޮލިހަށް ރިޕޯޓުކޮށް، ލިބުނު ގެއްލުމުގެ މަޢުލޫމާތު އެލައިޑާ ހިއްސާކުރުމުން ފަސޭހައިން ބަދަލު ހޯދޭނެއެވެ. އެހެންކަމުން، މި މާތް ދަތުރަށް ފުރުމުގެ ކުރިން އެލައިޑުގެ ޙައްޖު އަދި ޢުމްރާ ތަކަފުލް ނެގުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.