"ދިވެހި ވަތނީ ހިދުމަތް" ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަކީ ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުން ކަމަށް ދިފާއީ އަދި ވަތނީ ހިދުމަތާ ބެހޭ މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހި ވަތނީ ހިދުމަތް ޕްރޮގްރާމުގެ ދެވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު މި ޕްރޮގްރާމް އިޢުލާންކުރެއްވީ ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތުކޮށް، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށްކަން ފާހަގަކުރައްވައި، މިއީ ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ދީނީ، އިލްމީ އަދި ޖިސްމާނީ ގިނަ ހުނަރުތަކެއް ދަސްކޮށްދޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ، މުޖުތަމައުގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދީ، މި ޕްރޮގްރާމުން ލިބުނު ތަމްރީނުގެ ބޭނުން ފުރިހަމައަށް ހިފުމަށް ބައިވެރިންނަށް ގޮވާލައްވާ ކަމަށެވެ. އަދި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި 350 ދަރިވަރުންގެ އިތުރު ދެ ބެޗެއް ތަމްރީނުކުރުﻤަށް ތާވަލުކުރެވިފައިވާ ކަމަށާއި، މި ކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
