ތަދު އިހުސާސްނުވާނޭ ގޮތައް ހަކުރު ޓެސްޓު ކުރެވޭނެ ގޮތެއް ހޯދާފައިވާކަން އޮސްޓްރޭލިއާގެ ސައިންސްވެރިން ބުނެފިއެވެ.

ތަދުއިހުސާސް ނުވާގޮތައް ހަކުރު ޓެސްޓް ކުރެވޭގޮތް ހޯދާފައިމިވަނީ "ނޮން އިންވޭސިވް ސްޓްރިޕް" ބޭނުންކޮށްގެން އިންސާނާގެ ކުޅުން ގުލްކޯޒް ލެވެލް ނުވަތަ ހަކުރު ހުންނަ މިންވަރު ބަލާލެވޭ ގޮތަކަށެވެ.

ހަކުރު ހުންނަ މީހުންނަށް މީހާގެ ގައިގައި ހަކުރު ހުންނަ ވަރު ބެލުމަށް ދުވާލަކު ދެތިން ފަހަރު އިނގިއްޔަށް ކަށި ހަރައި، ޓެސްޓިންގް ސްޓްރިޕްއެއްގައި އިނގިލިން ލޭ ތިއްކެއް ޖަހައި ޓެސްޓް ކުރެއެވެ. މިއީ ތަދު އިހުސާސްވާ ކަމަކަށްވާތީ ބައެއް މީހުން ޓެސްޓް ކުރުމަށް އިންކާރުކުރާކަމަށް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް، އޮސްޓްރޭލިއާގެ ސައިންސްވެރިން ހޯދާފަައިވާ އާ ހޯދުންތަކުގެ އަލީގައި ތަދުނުކޮށް، ހެޔޮ އަގެއްގައި ހަކުރު ޓެސްޓް ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ބުނެފައިވެއެވެ. މި އާ ހޯދުމަކީ ހަކުރުބަލީގެ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

އިންސާނުންގެ ކުޅުގައި ގުލްކޯޒް ހުންނަކަމަށާއި އެ ގުލްކޯޒް އަކީ ހަމަ ލޭގައި ގުލްކޯޒް ހުންނަ މިންވަރެވެ. އެކަމަކު އެއީ ލޭގެ ގުލްކޯޒް ޓެސްޓަށް ވުރެ 100 އިންސައްތަ ސްޓޭންޑާޑް މަތި ޓެސްޓެއް ކަމަށާއި، އަގުހެޔޮ ވެފައި، އުފައްދަން ފަސޭހަ ވާނެކަމަށް އޮސްޓްރޭލިއާގެ ނިއުކާސްޓަލް ޔުނިވާސިޓީގެ ފިޒިކްސް ޕްރޮފެސަރ ޕޯލް ދަސްތޫރް ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ޓެކްނޮލޮޖީ ކޮވިޑް ޓެސްޓް ކުރުމަށާއި، ކެންސަރ އަދި ހޯމޯން ޓެސްޓް ކުރުމަށް ބޭނުންކުރެވިދާނެ ކަމަށެވެ. ނިއުކާސްޓަލް ޔުނިވާސިޓީއާއި ހާވާޑް ޔުނިވާސިޓީ ގުޅިގެން މިހާރުވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.