އަޅުގަނޑުމެންގެ ގޭގެއިން ފެންނަ، ގިނަ ބަޔަކު ފަކުރުގަންނަ އަދި ބިރުގަންނަ ސުއިއްޕެއް ކަމަށްވާ ކުރައްޕައަކީ، ދުނިޔޭގެ ތާރީޚުގައި އައި އެންމެ ބާރުގަދަ ދިރުންތަކަށްވުރެ މާ ކުރިން ދުނިޔޭގައި އުޅެން ފެށި އެއްޗެކެވެ. ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި، ކުރަަފީގެ ކާބަފައިން ދުނިޔެއަށް އައިސްފައިވަނީ މީގެ 300 މިލިއަން އަހަރު ކުރިންނެވެ. މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ޑައިނަސޯއެއް އުޅުމުގެވެސް މާ ކުރީގެ ދުވަސްވަރެކެވެ.
ކުރަފީގެ ހައިރާންކުރަނިވި ސިފައަކީ، ދުނިޔެއަށް އައި ބޮޑެތި ހުރިހާ ގުދުރަތީ ބަދަލުތަކާއި ކާރިސާތަކުން އެ ސޫފި ސަލާމަތްވެފައިވާ ކަމެވެ. މީގެ 66 މިލިއަން އަހަރު ކުރިން ދުނިޔެއަށް އެސްޓްރޮއިޑް (ބޮޑު ގިނިހިލައެއް) ވެއްޓި، މުޅި ދުނިޔެއިން ޑައިނަސޯތައް އެއްކޮށް ނެތިގޮސް، ފިނިގަދަވި "އައިސް އޭޖް" ގެ ބަދަލުތަކުގައިވެސް ކުރަފި ވަނީ އޭގެ ހަށިގަނޑުގެ ވަރުގަދަކަމުން ސަލާމަތްވެ، ދިރިހުރެ ދެމިއޮވެފައެވެ.
މިއަދާ ހަމައަށްވެސް ކުރަފި ދުނިޔޭގައި އެއްވެސް ބަދަލެއް ނެތި ދިރިއުޅޭކަމީ އޭގެ ނޭވާލުމުގެ ނިޒާމާއި، ކާނާއާ ނުލައި ގިނަ ދުވަހު ހުރެވުމުގެ ގާބިލުކަން ވަރުގަދަވުމުގެ ސަބަބުން ވާކަމެކެވެ. ދެން ފަހަރަކުން ގޭތެރެއިން ކުރައްޕައެއް ފެނުމުން، ތިމާއަށް އެ ފެނުނީ މުޅި ދުނިޔޭގެ ބޮޑެތި ކާރިސާތަކުން ސަލާމަތްވެ، ޑައިނަސޯތަކަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ދިރިއުޅެމުންދާ "ސުޕަރ ސަވައިވަރ" އެއްކަން ހަނދާންކޮށްލާށެވެ!
ހަވާލާ: ޑިސްކަވަރީ 2023.
