މި އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަން "އިސްލާމިފައި" ނޫހުން ހާމަކޮށްފިއެވެ. އިސްލާމްދީނުގެ ފަސްވަނަ ރުކުން އަދާކުރުމުގެ މުޤައްދަސް ނިޔަތުގައި، ތަފާތު ޤައުމުތަކާއި ސަގާފަތްތަކަށް ނިސްބަތްވާ އެތައް ލައްކަ މުސްލިމުންނެއް މިހާރު ވަނީ މައްކާގެ ބިމަށް ޖަމާވާން ފަށާފައެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، ވައިގެ މަގުންނާއި، އެއްގަމު އަދި ކަނޑުގެ މަގުން އަންނަ ޙައްޖުވެރިންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މިހާ ގިނަ އަދަދެއްގެ މުސްލިމުންނަށް ބޭނުންވާނެ އެންމެހާ ޚިދުމަތްތަކާއި، ސަލާމަތީ ކަންކަމުގެ އިތުރުން ސިއްހީ އިންތިޒާމުތައް ސައުދީ ސަރުކާރުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ.

ޙައްޖުގެ މަތިވެރި ދުވަސްތައް ކައިރިވަމުން އަންނައިރު، މައްކާގެ ހަރަމްފުޅު ވަނީ ޙައްޖުވެރިންނައިގެން ފުރިބާރުވެފައެވެ. ދިވެހިރާއްޖެއިންވެސް މިފަހަރު ހައްޖަށް ވަޑައިގަންނަވާ އެއްމެހާ ހައްޖާޖީން މިހާރު ވަނީ މައްކާއަށް ދަތުރުކޮށްފައެވެ. އެންމެހާ ޙައްޖުވެރިންގެ އުންމީދަކީ އެއްވެސް ދަތިކަމެއް ނެތް ގޮތުގައި، އަމާންކަމާއެކު ޙައްޖުގެ އަޅުކަން ފުރިހަމަކޮށް، اللهُ ގެ ޙަޟްރަތުން ފާފަފުއްސެވުމާއި މަތިވެރި ދަރުމަ ހާސިލުކުރުމެވެ.