ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މިއީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ ހަވަނަ ނުރަސްމީ ދަތުރުފުޅެވެ. އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ރައީސް ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
