ބަންގްލަދޭޝްގައި އުޅުނު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވައްތަރު އިސްތަށިގަނޑެއް ހުރި ގިތެލެއް، އަޟްޙާ ޢީދުގައި ކަތިލުމުން ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފިއެވެ. 

ގާތްގަނޑަކަށް 700 ކިލޯ ހުންނަ މި.ގިތެލަށް އާންމުން ވަނީ "ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން ނަންދީފައެވެ. ސޯޝަލް މީޑިއާގައި މި ގިތެލުގެ ފޮޓޯތަކާއި ވީޑިއޯތައް ވައިރަލްވުމާއެކު، ޓްރަމްޕްގެ އިސްތަށިގަނޑާ އެއްގޮތްކަން ފާހަގަކުރެވި، އެތައް ބަޔަކު އެ ގިތެލާ އެކު ފޮޓޯ ނެގުމަށް ޖަމާވާން ފެށިއެވެ. 

މި ގިތެޔޮ ގަތީ ޢީދުގައި ކަތިލަން ނަމަވެސް، އޭގެ މަޝްހޫރުކަން ބޮޑުވެ، ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަޙްމަދު ވަނީ އެ ގިތެޔޮ ކަތިލުން ހުއްޓުވަން އަމުރުކުރައްވާފައެވެ. މި ނިންމުމާ އެކު ގިތެޔޮ ގަތް ފަރާތަށް ފައިސާ އަނބުރާ ދީ، ސަރުކާރުން ވަނީ އެ ކަންބަޅި ޑާކާގައި ހުންނަ ނޭޝަނަލް ޒޫއަށް ބަދަލުކޮށްފައެވެ.

ޒޫގެ އޮފިޝަލުން ބުނި ގޮތުގައި، އެ ގިތެޔޮ މިހާރު ދިރިއުޅެނީ ޒުލުގައެވެ. ގިތެޔޮ ދިރިއުޅުމަށް ޚާއްޞަ ތަނެއް ތައްޔާރުކުރަމުން އަންނަ ކަންވެސް ވަނީ ހާމަކޮށްފައެވެ. އަދި މި ގިތެޔޮ ބަލަން  ޒޫއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. 

މި ހާދިސާ އަކީ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން ވެސް ހުއްޓުނު ޚަބަރެކެވެ. 

ބަންގްލަދޭޝްގައި މިފަދަ ގޮތަކަށް ސަރުކާރުން ޖަނަވާރެއްގެ ފުރާނަ ސަލާމަތްކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް ޓްރަމްޕްގެ ނަމާ ގުޅިފައި އޮތުމުން މި ފަހަރު މިކަން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.