ކަރަންޓު ޖެހުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 14 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފިއެވެ.
މި ހާދިސާ ހިނގީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުމުން، ވަގުތުން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދިޔަ އެ ކުއްޖާގެ ހާލު ރަނގަޅުވާން ފެށުމުން، އިއްޔެގެ ވަގުތެއްގައި ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި މިހާރު އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
