ށ. ގޮއިދޫ މިސްކިތުގެ އިމާމު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރަށުގެ ކޮމިއުނިޓީ ވައިބާ ގްރޫޕަކަށް ހިއްސާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތުކުރެވޭ އެ ވީޑިއޯ ފެތުރި މައްސަލައާއި، އެ ވީޑިއޯގައި ހިމެނޭ ކަންކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ރަށު މިސްކިތުގެ އިމާމަށެވެ.

މި ހާދިސާއާ ގުޅިގެން، އެ އިމާމު މިހާރު ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ރަށުތެރޭގައި މި މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.