އިންޑޮނީޝިޔާގެ ވެސްޓް ޖާވާގައި ހިނގި މި އާދަޔާހިލާފު ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މިއީ 2021ވަނަ އަހަރުގެ ފަހުކޮޅު ހިނގި ހާދިސާއެކެވެ. މި ހާދިސާއަށް ސިއްހީ މާހިރުންގެ ޝައުގުވެރިކަން އަމުދުން ހުއްޓުނުލެއް ބޮޑެވެ. މި ހާދިސާއަކީ އިންޑޮނީޝިޔާއަށް ނިސްބަތްވާ ސިއްޓީ ޒައިނާ ނަމަކަށް ކިޔާ އަންހެނަކު، ގޭގައި އަރާމުކުރަން އިންދާ ބަނޑަށް ވަން ވައިރޯޅިއެއްގެ ސަބަބުން ބަނޑުބޮޑުވި ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅޭ ހާދިސާއެވެ. އޭނާ ބުނި ގޮތުގައި އެ ހާދިސާ ހިނގިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ބަނޑުގައި ރިއްސައި، ކުއްލިއަކަށް ދުޅަހެޔޮ އަންހެން ކުއްޖަކު ވިހެއީއެވެ. މި އާދަޔާ ޚިލާފު ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކާއި ސިއްހީ މާހިރުން ވަނީ މިކަން ތަހުގީގުކުރަން ފަށާފައެވެ.

ސިއްހީ މާހިރުން މި ހާދިސާ ކްލިނިކަލް ގޮތުން ބެލުމަށްފަހު ހާމަކުރި ގޮތުގައި، މިއީ ސައިންޓިފިކް ގޮތުން ފެންނަން އޮތް މެޑިކަލް ކޮންޑިޝަންއެއް ކަމަށްވާ "ކްރިޕްޓިކް ޕްރެގްނަންސީ" އެވެ. މިއީ އަންހެނަކު ބަނޑުބޮޑުވެ، ވިހެއުމުގެ ވޭންވަރު ނުވަތަ ލޭބަރ ޕެއިން ފެށެންދެން ވެސް އޭނާ އިނީ ބަނޑުބޮޑުވެކަން އަމިއްލައަށް ނޭނގި ހުންނަ، ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ.

މި މެޑިކަލް ހާލަތް މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގައި ހިއުމަން ކޮރިއޮނިކް ގޮނާޑޯޓްރޮޕިން (އެޗް.ސީ.ޖީ) ހޯރމޯންގެ މިންވަރު ވަރަށް ބޮޑަށް ދަށްވުމެވެ. މިއީ ބަނޑުބޮޑުކަން ދެނެގަތުމަށް ހަދާ ޔޫރިން ނުވަތަ ބްލަޑް ޓެސްޓުތަކުން "ޕޮޒިޓިވް" ނަތީޖާ ދައްކުވައިދޭ ހޯރމޯންއެވެ. މީގެ މިންވަރު މަދުވުމުގެ ސަބަބުން، ހޯރމޯން ޓެސްޓުތަކުން ބަނޑުބޮޑުކަން ނުދައްކައި "ނެގެޓިވް" ވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، އާންމުކޮށް މައްސަރު ކަންތައް ގަވާއިދުން ނުވާ އަންހެނުންނަށް މައްސަރުކަންކަން ހުއްޓުމުންވެސް އެއީ ބަނޑުބޮޑުވުމުގެ ސަބަބުންވީ ކަމެއްކަން އިހުސާސް ނުވެއެވެ.

ޖިސްމާނީ އެނަޓޮމިކަލް ބަދަލުތަކަށް ބަލާއިރު، ބައެއް އަންހެނުންގެ ރަހިމު ބަނޑުގެ ފަހަތް ފަރާތަށް އިންނާތީ، ކުއްޖާ ބޮޑުވަމުންދާއިރު ވެސް ބަނޑު ބޭރަށް އެހާ ބޮޑަށް ނިކުމެފައެއް ނުހުރެއެވެ. އަދި ބަނޑުގައިވާ ކުއްޖާ ތޮޅޭ ތޮޅުމަކީ، ބަނޑުގައި ވައިހެދުން ނުވަތަ ހަޖަމުކުރުމުގެ ނިޒާމުގެ އެހެން މައްސަލައެއްގެ ގޮތުގައި މާނަކުރެވުމަކީ ވެސް މި ހާލަތުގައި ދިމާވާ ކަމެކެވެ. މީގެ އިތުރުން، ބަނޑުބޮޑު ދުވަސްވަރު ކުޑަކޮށް ލޭއައުން ކުރިމަތިވާތީ، އެއީ އާންމު މައްސަރު ދުވަސްވަރު ކަމަށް ހީކޮށް ސިއްހީ ގޮތުން ފަރުވާކުޑަކުރެވެއެވެ.

ނަފްސާނީ ގޮތުން ކުރިމަތިވާ ބޮޑެތި ސްޓްރެސްތަކާއި، ކަންބޮޑުވުންތަކުގެ ސަބަބުން ވެސް އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުކަން ނުދެވި ދެއެވެ. ޚާއްޞަކޮށް، ދަރިން ހޯދަން ބޭނުންނުވާ ހާލަތްތަކުގައި ނުވަތަ ނަފްސާނީ ގޮތުން ބަނޑުބޮޑުވުން ގަބޫލުކުރަން ދަތިވާ ހާލަތްތަކުގައި، ސިކުނޑިން ބަނޑުބޮޑުވުމުގެ އަލާމާތްތައް ދެނެގަތުމަށް ހުރަސްއަޅައެވެ. މީގެ ސަބަބުން އަންހެން މީހާއަށް އޭނާ އިނީ މާބަނޑުވެފައިކަން މުޅިން އޮޅުންއަރާ ގޮތްވެއެވެ.

މި ހާދިސާ ތަހުގީގުކުރި އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، ސިއްޓީ ޒައިނާގެ މައްސަލައިގައި ވެސް އޭނާއާ ވަކިވެފައިވާ ކުރީގެ ފިރިމީހާއަކީ ކުއްޖާގެ ބަޔޮލޮޖިކަލް ބައްޕައެވެ. ނަމަވެސް، ބައެއް ކޮންޒަވޭޓިވް މުޖުތަމައުތަކުގައި، އާދަކާދައިގެ ބޭރުން ބަނޑުބޮޑުވުމުން ކުރިމަތިވާ އިޖުތިމާއީ ފިއްތުންތަކާއި ބަދުނާމުވުމުން ސަލާމަތްވުމަށްޓަކައި، މިފަދަ އާދަޔާޚިލާފު ވާހަކަތައް އުފަންވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހާދިސާއަކީ ޒަމާނީ ސިއްހީ ދާއިރާގައި އަންހެނުންގެ ހަށިގަނޑާއި ހޯރމޯންތަކަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ކޮންމެއަކަސް، ކްރިޕްޓިކް ޕްރެގްނަންސީ އަކީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަދުން ނަމަވެސް ރިޕޯޓުކުރެވެމުންދާ ހަގީގީ މެޑިކަލް ހާލަތެކެވެ.

ހަވާލާ: މެޔޯ ކްލިނިކް 2024.