މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 15 އިން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން އެއްހާސް ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ޚާއްސަ ގިފްޓް ހެމްޕަރއެއް ލިބިގެންދާޏެ ކަމަށެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައިގައި އެސްޓީއޯއިން ވަނީ ޑޮވޮންޑޭލް ފުލްކްރީމް އެއް ލީޓަރ ޕެކެޓް ވިއްކަމުންއައި އަގުވެސް ހެޔޮކޮށްފައެވެ. އެގޮތުން ފުލްކްރީމް އެއް ލީޓަރ ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު ދެ ޕެކެޓް ނަންގަވާނަމަ 40 ރުފިޔާއަށް ދެ ޕެކެޓް އެ ޕްރޮމޯޝަންގެ ދަށުން ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެ ޕްރޮމޯޝަން ކުރިޔަށްދާނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ.