ގެރިއެއްގެ ބަނޑުން 21 ކިލޯގެ ކުދި ޕްލާސްޓިކް ނަގައިފިއެވެ. އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ބެންގަލޫރުގެ ޗިކަންމަގަލޫރުގައި މީހުންތަކެއް ގެންގުޅު މި ގެރީގެ ބަނޑުން ޕްލާށްޓިކު ނެގީ އޮޕަރޭޝަން ކޮށްގެންނެވެ.
މި ގެރީގެ ވެރިފަރާތުން ބުނާ ގޮތުގައި އެމީހުން ގަބޫލު ކުރީ އެ ގެރި އަކީ މާބަނޑު ގެރި އެއް ކަމަށެވެ. އެހެނީ އެސޮރުގެ ބަނޑު ހިސާބަކަށް ބޮޑުކޮށް އިންނާތީއެވެ. އެހެންމެ އެކަމާއި އެމީހުން ވަރަށް އުފާވެސް ކުރިއެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު އެސޮރުގެ ކެއުން މަދު ވުމާއި ވަރުނެތުމާއި އަދި މާބޮޑަށް ބަލިކޮށް ހުންނާތީ އެކަމާ ކަންތައް ބޮޑުވިއެވެ. އޭރުވެސް އެމީހުން ގަބޫލު ކުރަމުން އައީ ގެރި މާބަނޑުކަމުން ދިމައިވާ ކަމެއް ކަމަށެވެ.
އުމުރުން 3 އަހަރާ 4 އަހަރާ ދެމެދުގެ މި ގެރީގެ ހާލު ދެރަވުމުން އެސޮރުގެ ވެރިފަރާތުން ވަނީ އެސޮރު ޑަކްޓަރަށް ދައްކާފައެވެ. ބެންގަލޫރުގައި ހުންނަ ސަރުކާރުގެ ވެޓެރިނަރީ ހޮސްޕިޓަލުން އެ ގެރި ބެލި ޑަކްޓަރު ވަނީ އެ ގެރީގެ ބަނޑުގެ ސްކޭންއެއް ހަދާފައެވެ. އެއަށްފަހު އެގެރި މާބަނޑު ނޫންކަމަށާއި މައިދާގައި އެއްޗެހިތަކެއް ތާށިވެފައި ހުރި ކަމަށް ޑަކްޓަރުން ބުންޏެވެ. އަދި އޮޕަރޭޝަން ކުރުމަށްވެސް އިރުޝާދު ދިނެވެ.
މުޅިއެކު 4 ގަޑިއިރުގެ މި ދިގު އޮޕަރޭޝަނުގައި ޑަކްޓަރުން ވަނީ އެ ގެރީގެ ބަނޑުން ނުވަތަ މައިދާއިން 21 ކިލޯގެ ޕްލާސްޓިކު ނަގާފައެވެ. މިހާރު އެ ގެރީގެ ހާލު ރަނގަޅުކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ގެރި އެހާ ގިނަ ޕްލާސްޓިކު ކާން ދިމައިވި ސަބަބެއް އެ ގެރީގެ ވެރިފަރާތަށްވެސް ނޭނގެއެވެ. ޕްލާސްޓިކު ކެއުމުން އެ އެއްޗެހި ހަޖަމު ނުވެ، ބޮޑުކަމުދާ ތަކެއްޗާއެކު ބައެއް ފަހަރަށް ބޭރުވެއެވެ. ނަމަވެސް ގިނަ ފަހަރަށް ބޭރުނުވެ ހުރެއެވެ. އެގޮތައް މައިދާގައި ގިނަ ދުވަހު ހުރެ ގިނަ ޕްލާސްޓިކުތައް ޖަމާވެ މިފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.
