އިންސާނުންގެ އޯގާތެރި ކަމުގެ ސަބަބުން ހިނިތުންވުމާއި އުފާވެރިކަމުގެ ކަރުނަ އަޅަން ޖެހޭ ހާލަތްތައްވެސް އާދެއެވެ. މި އީ އިންޑިޔާގެ ދެ ރައްޔިތެއްގެ ވާހަކައެވެ. ސަޙީ ޖޯން އާއި ސަޖޫ ޕައުލްގެ ވާހަކައެވެ. .

2016 ވަނަ އަހަރު މި ދެމީހުން ބައްދަލުވީ އިންޑިޔާގެ ހޮސްޕިޓަލަކުންނެވެ. ކިޑްނީ ބައްޔައް ފަރުވާކުރަމުން ދިޔަ ސަޖޫގެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓަށް ތައްޔާރުވެފައި ވަނިކޮށް ސަޙީ ވަނީ އޭނާގެ އެއް ކިޑްނީ ސަޖޫ އަށް ހަދިޔާކޮއްފައެވެ. އެކަން ސަޖޫ އަށް އިނގުނީ ކިޑްނީ ބަދަލުކޮށް ހާލު ރަނަގަޅުވީ ފަހުންނެވެ.

އޭގެ ފަހުން ސަޖޫ އާއި ސަޙީ އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެ މީހުންގެ އާއިލާ މީހުންވެސް ހަމަ ގާތެވެ. ސަޖޫ ބުނާ ގޮތުގައި ސަޙީ އަކީ އޭނާގެ ފުރާނަ ސަލާމަތް ކުރުމުގައި މި ދުނިޔެމަތިން އޭނާ އަށް ލިބުނު ބޮޑު ރަހުމަތެކެވެ. ސަޖޫ އާއި އޭނާގެ އާއިލާއަށް ސަޙީގެ މި ދީލަތިކަމުން ވަނީ އުފާވެރިކަމުގެ ކަރުނަ ފާއްދާލާފައެވެ.

ކޮންމެ އަހަރަކު މި ދެ މީހުން ބައްދަލު ކުރަމުން އައި އައުމަށް ބުރޫ އެރީ ކޮވިޑާއި ގުޅިގެންނެވެ. އެހެންކަމުން 2018 ގައި މި މީހުން ބައްދަލުވި ގޮތަށް ދެން މި މީހުން ބައްދަލު މިވީ މި އަހަރުގެ ތެރޭގައެވެ. މި ދެ ރަހުމަތްތެރިން ދެ އަހަރަށްފަހު ބައްދަލުވުމުން އެކަން ވަނީ ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ. އަދި ސަޖޫ ވަނީ ދުނިޔޭގައި ތިބި އެންމެންވެސް ނަމޫނާ ލިބިގަންނަންވީ ސަޙީމެން ކަހަލަ ހެޔޮލަފާ މީހުންގެ ފަރާތުން ކަމަށް ބުނެފައެވެ. އަދި ހަގީގީ މުއްސަނދި ކަމަކީ މާލުގެ މުއްސަނދިކަން ނޫން ކަމަށާއި އެއީ ހިތުގެ މުއްސަނދިކަން ކަމުގައިވެސް ސަޖޫ ވަނީ ބުނެފައެވެ.