ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް މަހަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް 500 ޑޮލަރުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް މިއަދު ކަނޑައެޅި ލިމިޓް ކަނޑައަޅާފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަށް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާޢްޖޭގެ އިގްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖެއިން ޑޮލަރު ލިބޭ މިންވަރު ދަށްވުމާއި ގުޅިގެން ބީއެމްއެލްއިން ޑޮލަރު ކޮންޓްރޯލް ކުރުމުގެ ގޮތުން ބޭރުގެ އޮންލައިން މުއާމަލާތްތަކަށް ޑޮލަރު ބޭނުންކުރެވޭ ލިމިޓް މަހެއްގެ މައްޗަށް ދަށްކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރ މަހުގެ 16 ވަނަ ދުވަހުގައެވެ.

ބީއެމްއެލްއިން ބުނީ، ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ނިންމީ ކޮވިޑް-19އިގެ ސަބަބުން ރާއްޖޭން ޑޮލަރު ލިބުން ދަށްވެ، ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތާ ގުޅިގެންހުރި ކަންބޮޑުވުންތަކާއި އެހެންވެސް މުހިންމު ކަންކަމަށް ބެލުމަށްފަހުގައި ފާއިތުވި ދުވަސްތަކުގައި ޑޮލަރުގެ ދަތިކަމުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބެލުމަށްފަހުގައި ކަމަށެވެ.