އިންޑިއާގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށް ނަރެންދްރާ މޯދީ ވެވަޑައިގަތުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ. މޯދީ މި މަގާމުގައި ވިދިވިދިގެން 4،399 ދުވަސް ހޭދަކުރައްވައި، މީގެ ކުރިން މި ރެކޯޑު އޮތް ޖަވާހަރްލާލް ނެހުރޫގެ ރެކޯޑު މުގުރާލައްވާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުންނެވެ.

ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން، ރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ފުރަތަމަ ހަވާލުވެވަޑައިގެންނެވީ 26 މެއި 2014 ގައެވެ.

އިންޑިއާގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ވިދިވިދިގެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާގެ ރެކޯޑު މީގެ ކުރިން އޮތީ 1952 އިން 1964 އަށް އެ މަގާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ. މިހާރު ތިން ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މޯދީ ވަނީ މި ހާއްސަ ކާމިޔާބީ ހާސިލުކުރައްވާފައެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ މިހާރު 60 އަހަރު ވަނީ ފުރިފައެވެ.