ވޯލްޑްކަޕް 2026 ގެ ފޯރި މުޅި ރާއްޖޭގައި ގަދަވަމުންދާއިރު، ސަޕޯޓަރުންނަށް އެމީހަކު ތާއީދުކުރާ ޓީމެއްގެ ދިދަ މޫނުމަތީގައި ދައްކާލެވޭނެ ހާއްސަ ފޭސް ޕެއިންޓިންގެ ހިދުމަތެއް "ބޯޅަ ފޯރި" ޕޭޖު މެދުވެރިކޮށް ތައާރަފުކޮށްފިއެވެ. 'ތީރު މީޑިއާ' އާއި 'ސައުވީސް' ގުޅިގެން ލޯންޗުކުރި މި ޕޭޖުން މިފަހަރު ފޭސް ޕެއިންޓިންގެ ހިދުމަތް ލިބެން ހުރީ މުޅިން ތަފާތު، ޒަމާނީ ގޮތަކަށެވެ.

ފާއިތުވި 20 އަހަރު ދުވަހު ދިވެހި ފޭނުންނަށް މި ހިދުމަތް ދެމުން އައިސްފައިވާއިރު، މިފަހަރުގެ ފޭސް ޕެއިންޓު ހާއްސަވަނީ އޭގެ ރިއަލިސްޓިކް ކަމާއި، މިއަށް ބޭނުންކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުންނެވެ. މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް [worldcup.theeru.com/face-paint] އަށް ޒިޔާރަތްކޮށްގެން ފޭސް ޕެއިންޓް ކޮށްލެވޭނެއެވެ.

މި ޕޭޖުގެ ފްރީ ވާޝަން ބޭނުންކުރާނަމަ ތީރުގެ ލޯގޯއާއެކު ފޭސް ޕެއިންޓް ކުރެވޭއިރު، ބީއެމްއެލްގެ ސުވައިޕް އެޕްލިކޭޝަން މެދުވެރިކޮށް އެންމެ 15 ރުފިޔާ ދައްކައިގެން މުޅިން ސާފު، ޕްރީމިއަމް ފޭސް ޕެއިންޓެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މި ހިދުމަތް ހޯދުމުގައި އެއްވެސް އެރާއެއް އަރައިފިނަމަ، ހެއްކާއެކު ރިޕޯޓުކުރުމުން އެ މައްސަލައެއް ވަގުތުން ހައްލުކޮށްދޭނެ ކަމަށް "ބޯޅަ ފޯރި" އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.