ސިއްހީ ގޮތުން ދިމާވާ ކޮންމެ ކަމަކަށް ކެމިކަލް އެކުލެވޭ ޑޮކްޓަރީ ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ގުދުރަތީ ފަރުވާތަކަށާއި ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކުރުމަށް އިސްކަންދިނުމަކީ މިއަދު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ގިނަ ފަހަރަށް ޑޮކްޓަރީ ބޭސްތަކުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް، އޭގެ ސައިޑް އިފެކްޓްސް ނުވަތަ ނޭދެވޭ އަސަރުތައް ހަށިގަނޑަށް ފޯރައެވެ. އޭގެ ބަދަލުގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ބަލިތަކުން ދިގު މުއްދަތަކަށް ސަލާމަތްވުމަށް އޮތް އެންމެ ރައްކާތެރި މަގަކީ ގުދުރަތީ ދިރިއުޅުމަކަށް ރުޖޫޢަވުމެވެ.
ގުދުރަތީ ފަރުވާއާއި ދުޅަހެޔޮ އާދަތަކަށް ބަރޯސާވުމުން ލިބޭ ސިއްހީ ހެކިތަކަށް ބަލާއިރު، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ކުރުމަކީ ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކުން އަމިއްލައަށް ދިފާއުވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ގަވާއިދުން ހަށިގަނޑު ހަރަކާތްތެރިކޮށް ބެލެންސްޑް ޑައިަޓެއް (ހަމަހަމަ ކާނާ) ގެންގުޅުމުން، ބޭސް ކެއުމަކާ ނުލައި ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، ސިއްހީ ނުރައްކާ ކުޑަކޮށްދެއެވެ. ކެމިކަލް ބޭސްތަކުގެ ސަބަބުން ގުނަވަންތަކަށް، ޚާއްސަކޮށް ފުރަމޭއަށް ކުރާ ނޭދެވޭ އަސަރުތަކުން ވެސް ގުދުރަތީ ފަރުވާގެ ސަބަބުން ސަލާމަތްވެވެއެވެ.
މިކަމަށް ބާރުދޭ ސައިންޓިފިކް ހެކިތަކެއް ދާދިފަހުން ވަނީ ސައިންސްވެރިން ހާމަކުރައްވާފައެވެ. ބޭސްގުޅަތަކަށް ބަރޯސާވުމުގެ ބަދަލުގައި، ހަށިގަނޑުގެ މަސްތައް ވަރުގަދަކުރާ ކަސްރަތު ފަދަ ގުދުރަތީ އާދަތަކަށް ހަފުތާއަކު އެންމެ 90 އާއި 120 މިނެޓާ ދެމެދުގެ ވަގުތެއް ހުސްކޮށްލުމަކީ ވެސް، ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކުން އިންސާނާ ދުރުކޮށްދީ، އުމުރު ދިގުވުމަށް އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ޚާއްސަކޮށް މީގެ ތެރެއަށް ކާޑިއޯ ކަސްރަތުތައް އެއްކޮށްލުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބޭހާ ނުލައި ވަރުގަދަކޮށްދެއެވެ.
ހަމަ އެއާއި އެކު އެކި އެކި ބަލިތަކަށް ގޭގައި ތައްޔާރު ކުރެވޭ ފަރުވާތަކާއި ފަތްޕިލާވެލީގެ ޤުދުރަތީ ފަރުވާތަކަށް ބަރޯސާ ވުމަކީ ޖުމުލަ ސިއްހަތު ރަނގަޅުކޮށްދީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ދިރުން ގެނެސްދޭ ކަމެކެވެ. ޑަކްޓަރީ ބޭސްތަކަކީ އެއަށް އެތައް ކެމިކަލްތަކެއް އަޅާ ގަޑުބަޑުކޮށްފައިވާ އެއްޗެކެވެ. އަދި އެ ކެމިކަލްތަކަކީ ޤުދުރަތުގެ ކެމިކަލްތަކެއް ނޫނެވެ. އެއީ ލެބޯޓްރީތަކުގައި އިންސާނުން އުފައްދާފައިވާ މަސްނޫއީ ކެމިކަލް ތަކެކެވެ. މިއިން ކޮންމެ ކެމިކަލަކީވެސް އޭގެ ސަބަބުން މި ހަށިގަނޑަށް ކޮންމެވެސް ސިފައެއްގައި ގެއްލުންތަކެއް ދޭނޭ ކެމިކަލްތަކެކެވެ. ވެފައިވާ ބަލި ފަސޭހަވުމާއި އެކު އެހެން ބައެއް ކަންކަމަކީ މިފަދަ ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވެދާނޭ ކަންކަމެވެ.
އެހެންކަމުން، ބަލިވުމުން ބޭސްގުޅަ ފަހަތުން ދުވުމުގެ ބަދަލުގައި، ބަލިތަކުން ދިފާއުވުމަށްޓަކައި ގުދުރަތީ ފަރުވާތަކާއި، ހާބަލް އެއްޗެހި ބޭނުންކުރުމާއި، އަދި ކަސްރަތު ފަދަ ދުޅަހެޔޮ އާދަތަކަށް ބަރޯސާވުން މާ ބުއްދިވެރިއެވެ. މިއީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުދީ، ދިގު މުއްދަތަކަށް ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް އޮތް އެންމެ ފުރިހަމަ މަގެވެ.
ނޯޓު: މި މަޢުލޫމާތަކީ 147،000 އަށްވުރެ ގިނަ މީހުން 30 އަހަރުގެ ދިގު މުއްދަތަކަށް މޮނިޓަރ ކޮށްގެން ހަދާފައިވާ ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ މަޢުލޫމާތެކެވެ.
ހަވާލާ: ބީ.އެމް.ޖޭ ގްރޫޕް މެޑިކަލް ޖަރނަލް. (2026).
