ވިލުފުށީ ރެހެންދި އެކުވެރިންގެ ގުޅުމުގެ ފަރާތުން މި ފަހަރުގެ ބޮޑު އީދުގައި އެ ރަށުގައި ބާއްވާ ޕީއެސް4 ފީފާ 21 ޓޯނަމެންޓްގެ ގުރުއަތުލުން ބާއްވައިފިއެވެ.

އެ ޖަމްއިއްޔާގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި، މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އެ ކަމަށް ކުރިމަތިލި 16 ކުޅުންތެރިން ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ފަރާތަކަށް 1,500 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑަޅާފައިވާއިރު، ދެވަނައަށްދާ ކުޅުންތެރިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާ އެވެ. 

މި ފަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުތައް އީދު ދުވަހުގެ ހެނދުނު 10:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅެވޭނީ މިމަހުގެ 23 ވާ ހުކުރު ދުވަހު އެވެ.

ވިލުފުށީގެ ޒުވާނުންގެ މެދުގައި އީ-ސްޕޯޓްސްގެ މަގްބޫލުކަން އިތުރުވަމުން އަންނާތީ އެކަމަށް ބާރުއަޅައި އެ ފަދަ މުބާރާތްތައް ކުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ޗިޕޫސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ވަލިއާ މޯލްޑިވްސް އާއި ޑޯރެސް ފެނިގެންދާއިރު މީޑިއާ ޕާޓްނަރަކީ ތީރު އެވެ.