ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، “ފުޓުބޯޅަ ފޯރި” ނަމުގައި އުރީދޫއިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނަކީ އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމަށާއި، ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެކެވެ.
މި ކެމްޕޭނުގެ ދަށުން އުރީދޫއިން ވަނީ "Weare26" ގެ ނަމުގައި ހާއްސަ މީޑިއާނެޓް ޕެކެއް ތައާރަފްކޮށްފައެވެ. މި ޖޫން މަހުގެ 10 އިން ފެށިގެން އަންނަ ޖުލައި މަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕެކޭޖުގައި އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭނެ 3 ޖީބީ ރެގިއުލާ ޑޭޓާ ހިމެނެއެވެ.
މީގެ އިތުރުން، ވޯލްޑް ކަޕް މުބާރާތް ނިމެންދެން ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މެޗުތައް ބަލައިލެވޭނެ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން ވެސް މި ޕެކޭޖާއެކު ލިބޭނެއެވެ. މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނީ އުރީދޫ އެޕްގެ “ހޮޅުއަށި” މެދުވެރިކޮށެވެ. އަދި މި ހިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
