އެމެރިކާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މިޒޫރީ އަށް ކުޑަ މަތިންދާބޯޓެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން 12 މީހުން މަރުވެއްޖެއެވެ. އޮފިޝަލުންނާ ޙަވާލާދީ އަލްޖަޒީރާ އިނގިރޭސި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސްޓޭޓުގެ ބޭޓްސް ކައުންޓީ ގައި ހުންނަ ބަޓްލަރ މެމޯރިއަލް އެއާޕޯޓް ކައިރިއަށެވެ.

މި ބޯޓު ވެއްޓުނު ސަރަހައްދަކީ މިޒޫރީ ސްޓޭޓުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކެންސަސް ސިޓީ ގެ ދެކުނުން އޮންނަ ހިސާބެކެވެ. މިޒޫރީގެ ހައިވޭ ޕެޓްރޯލް ސާޖަންޓް ޖަސްޓިން އީވިންގް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ބޯޓަކީ ވައިގެ ތެރޭގައި ކުޅޭ ކުޅިވަރެއް ކަމަށްވާ ސްކައިޑައިވް ކުރަން އުޅުނު ބަޔަކު ގޮވައިގެން މައްޗަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ދަނީ ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދުމަށްޓަކައި ޚާއްސަ ތަޙުޤީޤެއް ކުރިއަށްގެންދަމުންނެވެ. ބޯޓު ވެއްޓިފައިވާ ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު އޮތީ މުޅިން ހަލާކުވެ، ބައިބައިވެފައެވެ.