ރަޝިއާގެ ޗެންޗިއަން ރިޕަބްލިކަށް އުފަން އައިމިނާ ނަމަކަށް ކިޔާ މި ކުއްޖާއަކީ މަދު ބަޔަކު އުފަންވާ އިރު ހުންނަ މައްސަލައެއް ކަމުގައިވާ "އަލްބީނިސަމް" ހުންނަ ކުއްޖެކެވެ. މިކަމުގެ ސަބަބުން އައިމިނާ އަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް، ހަމަ އެހާމެ ގިނަބަޔަކަށް އޭނާ ވަނީ ކަމުގޮސްފައެވެ.

އަލްބީނިސަމްއަކީ ހަށިގަނޑުގައިިވާ ޖީންތަކުގެ ތެރޭގައި އިިންސާނުންގެ ހަމާއި އިސްތަށީގެ ކުލަ ޖައްސުވައިދޭ ޖީން މަދުވުމަށް ކިޔާ ނަމެކެެވެ. މި ބަލި ހުންނަ މީހުންނަށް މިކަމުގެ ސަބަބުން މާ ގިނަ ސިއްހީ އެހެން މައްސަލަތަކެއް ދިމާނުވި ނަމަވެސް އެމީހުންގެ ހަންގަނޑުގައާއި އިސްތަށިގަނޑުގައި ހުންނާނީ ހުދު ކުލައަކަށެވެ.

އެކުއްޖާގެ ހަންގަނޑުގައާއި އިސްތަށިިގަނޑުގައި ހުދުކުލަ ހުންނަ އިރު ދެން އެންމެ ގިނަ ބައެއްގެ ސަމާލުުކަން ހުއްޓިފައި ވަނީ އޭނާގެ ދެލޮލަށެވެ. މިއީވެސް ވަރަށް މަދު ބައެއްގެ ކިބައިގައި ހުންނަ ތަފާތު ކަމެކެވެ. މިއީވެސް ޖެނެޓިކްސް ގެ ސަބަބުން ދިމާވާ ކަމެކެވެ. އައިމިނާގެ އެއްލޯ ގަދަ ރަންކުލައަކަށް ހުންނަ އިރު އަނެއް ލޯ ހުންނަނީ މަޑު ނޫކުލައަށެވެ.

ގިނަ ބައެއްގެ ސަމާލުކަން އެކުއްޖާގެ ރީތިކަމަށް ހުއްޓިފައިވާއިރު މީހުން ބުނާ ގޮތުގައި އެކުއްޖާ އަކީ މޮޑެލްކުރުމާއިި ފެޝަނުގެ ދާއިރާއިިން އަލި މުސްތަގުބަލެއް އޮތް ކުއްޖެކެވެ. ނަމަވެސް އަދި އޭނާގެ އެފަދަ ޝައުގެއް ނެތްކަމަށް އޭނާގެ މައިންބަފައިން ބުނެއެވެ.