ވޯލްޑް ކަޕާ ދިމާކޮށް "ދަ ސެންޓް" އިން ސްޕޮންސާކޮށްގެން، އެންމެ ފޯރިގަދަ ސަޕޯޓަރަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ "އަލްޓިމޭޓް ފޭން ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި މުބާރާތަކީ ސަޕޯޓަރުންގެ މޫނުގައި ޑިޖިޓަލްކޮށް ގައުމުތަކުގެ ދިދަ ކުރަހައިގެން ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ފޯރިގަދަ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި އެންމެ ފުރަތަމަ "ފޭސް ޕެއިންޓް ސްޓޫޑިއޯ" ވެބްސައިޓަށް ޒިޔާރަތްކޮށް، ޕްރީމިއަމް ސްޓައިލެއް ބޭނުންކޮށްގެން ސަޕޯޓުކުރާ ގައުމެއްގެ ދިދަ މޫނުގައި ޕެއިންޓްކުރަން ޖެހެ އެވެ. އެއަށްފަހު، އެ ފޮޓޯ ސްޓޫޑިއޯގެ ހިސްޓްރީ މެދުވެރިކޮށް މުބާރާތަށް ހުށަހެޅުމުން، އެޑްމިނުން ހުއްދަ ދިނުމާއެކު ބޮޅާ ފޯރީގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެ ފޮޓޯ އާންމުކުރާނެ އެވެ.

މުބާރާތުގެ ވަނަ ހޮވުމުގައި ބަލާނީ ފޭސްބުކް ޕޯސްޓަށް ލިބޭ ސަޕޯޓަރުންގެ ރިއެކްޝަނާއި ކޮމެންޓްތަކަށެވެ. މީގެ ތެރެއިން ކޮންމެ ރިއެކްޝަނަކަށް އެއް ޕޮއިންޓް ލިބޭއިރު، ޝެއާ ކުރާ ކޮންމެ ފަހަރަކަށް ފަސް ޕޮއިންޓް އަދި ތިން ރައްޓެހިން ޓެގްކޮށް ކުރާ ކޮންމެ ކޮމެންޓަކަށް ފަސް ޕޮއިންޓް ލިބޭނެ އެވެ. މިގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބިގެންދާނެ އެވެ.

މި މުބާރާތުގައި ފޭސް ޕެއިންޓު ކުރެއްވުމަށް: https://worldcup.theeru.com/face-paint