މި މަހުގެ 16 ވަނަ ދުވަހު، ފަތިހު 4:32 ހާއިރު ހުޅުމާލޭ 141 ވަނަ ފުލެޓުގެ ގުރައުންޑު ފުލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޖަގެއްގައި ރޯވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ އެޕާޓުމަންޓު އަނދާ އެއްކޮށް ވަނީ ހުލިވެފައެވެ. އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން ކުރި މަސައްކަތުން މި އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ހާދިސާގައި ހަ މީހަކަށް ދުމުގެ އަސަރު ކޮށްގެން އިތުރަށް ފަރުވާ ކުރުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެ އެޕާޓުމަންޓު ވަނީ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. މި ހާދިސާ އާއި ގުޅިގެން ލިބުނު މާލީ ގެއްލުންތަކުގެ ތަފްސީލު އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީ، އެންޑީއެމްއޭ، އިން ބުންޏެވެ.

ކުއްލިއަކަށް ދިމާވާ މިފަދަ ހާދިސާތަކަކީ ދުރާލާ އަންގާފައި އަންނަ ކަންކަމެއް ނޫނެވެ. އުމުރު ދުވަހު މަސައްކަތް ކޮށްގެން ހޯދާފައި ހުންނަ ގޭގެ ފަރުނީޗަރާއި، ކަރަންޓު ސާމާނާއި، އަދި އަމިއްލަ މުދާތައް މަދު މިނެޓުކޮޅެއްގެ ތެރޭގައި އަޅިއަށް ވެގެން ދިއުމަކީ އިންސާނާއަށް އުފުލަންޖެހޭ ވަރަށް ބޮޑު މާލީ ބުރައެކެވެ.

އެހެންކަމުން މިއީ ގޭގެ މުދަލާއި ހިފާ ގެންގުޅޭ ތަކެތި ރައްކާތެރިކުރުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެކެވެ.

މިފަދަ ކުއްލި ހާދިސާތަކުން ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެލައިޑު ތަކާފުލް އިން ވަނީ "ހޯމް ކޮންޓެންޓުސް ތަކާފުލް" ގެ ނަމުގައި ޚާއްޞަ ޕުލޭނެއް ތައާރަފުކޮށްފަ އެވެ.މިއީ ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭގައި ހަރުކޮށްފައި ހުންނަ ތަކެތީގެ އިތުރުން އަމިއްލަ މުދާތަކަށް މާލީ ރައްކާތެރިކަން ހޯދައިދޭ މުހިންމު ޕުލޭނެކެވެ.

އަލިފާނުގެ ހާދިސާތަކާއި، އެއްޗެއް ގޮވުމާއި، ހޮނު އެޅުމުގެ އިތުރުން ބިންހެލުމާއި ދުމުގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ހިމެނެއެވެ. އަދި ތޫފާންތަކާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށްވެސް މި ޕުލޭނުގެ ދަށުން ބަދަލު ލިބޭނެ އެވެ.

ޤުދުރަތީ ކާރިސާތަކުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް މި ޕުލޭނުން ކަވަރ ކޮށްދެއެވެ. އޭގެތެރޭގައި މީހުން ހިންގާ ހަމަނުޖެހުންތަކާއި، ފެން ހޮޅިއަކުން ފެން ލީކުވެގެން ލިބޭ ގެއްލުންތައްވެސްހިމެނެ އެވެ.

މިފަދަ ހާދިސާއެއް ދިމާވުމުން ކަންކުރަންވީ ގޮތް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާދިސާއެއް ހިނގުމާއެކު ލަސްނުކޮށް ކަސްޓަމަރ ކެއާގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅައި، ނުވަތަ އީމެއިލް މެދުވެރިކޮށް އެލައިޑަށް އަންގަންވާނެއެވެ.

މި މުހިންމު ޕުލޭން މިހާރު އޮންލައިންކޮށް ފަސޭހަކަމާއެކު ނެގޭނެ އިންތިޒާމު އެލައިޑުން ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، ހާދިސާއެއް ދި