ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކަރެކްޝަންސް އިން ފަށައިފި އެވެ. މި އޮޕަރޭޝަން ފަށާފައިވަނީ ޖަލު ތެރޭގައި ހިނގާ ބައެއް ނޭދެވޭ ކަންކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ.
ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ މިފަދަ ތަފާތު އޮޕަރޭޝަންތައް މީގެކުރިން ވެސް ގަވާއިދުން ކުރިއަށް ގެންގޮސްފައިވެ އެވެ.
އާންމުކޮށް މިފަދަ އޮޕަރޭޝަންތައް ފަހަކަށް އައިސް ހިންގަނީ ޖަލަށް މަނާތަކެތި ވައްދައިގެން، ޖަލު ތެރޭގައި ތިބެގެން ސްކޭމް ކުރުމުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
