މިނިކާވަގެއްގެ އަނގަތެރެއިން ކުޑަކުއްޖަކު ސަލާމަތްވެއްޖެއެވެ. އިންޑިޔާގެ މަހާރަޝްޓްރާ ސްޓޭޓުގެ ޖުނޯނާ ނަމަކަށް ކިޔާ އަވަށުގައި ހިނގައިދިޔަ މިހާދިސާގައި ސަލާމަތްވެފައިވަނީ އުމުރުން 3 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ކުއްޖާއާއި އެކުއްޖާގެ މަންމަ އެއަވަށުގެ ކޯރެއްގެ ކައިރިއަށް ދިޔައީ ފެން ބަލައެވެ. އެ ދިޔަ ދިއުމުގައި އެކުއްކާޖެ މަންމަ އަށް އެ ކުއްޖާ ގެއްލުނީ ބޯ ވިނަތަކެއްގެ ތެރެއިންނެވެ. އެ ކުއްޖާގެ މަންމަ އާޗަނާ މެޝްރާމް ބުނާ ގޮތުން އެ ވިނަތަކުގެ އުސްމިން އޭނާގެ އިސްކޮޅާ ހަމައަށް އަރައެވެ. އާޗަނާ އަކީ އުމުރުން 27 އަހަރުގެ އަންހެނެކެވެ.

ރިޕޯޓުތައް އިތުރަށް ބުނާ ގޮތުން އާޗަނާ އަށް އިވުނީ އެ ކުއްޖާ ރޯއަޑުކަމަށާއި އެ އަޑާދިމާލަށް ދިޔައިރު، އެކުއްޖާގެ ބޯ އޮތީ މިނިކާވަގުގެ އަނގަ ތެރޭގައެވެ. އެމަންޒަރު ފެނިފައި އޭނާ ވަނީ ބިންމަތިން ދިގު ދަނޑިއެއް ނަގާ އެ މިނިކާވަގުގެ ގައިގާ ޖަހާފައެވެ. އެފަދަ މިނިކާ ވަގަކަށް އެހެން ބިރު ދައްކާލުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް އާޗަނާ އެ ވަގު ގައިގައި ޖެހި އެތިފަހަރުން އެސޮރު ބިރުން ދިޔަ ކަމަށް ވެއެވެ. ނަމަވެސް އެ ކުއްޖާގެ މޫނުމަތީގައި ވަނީ އެކިވަރުގެ އަނިޔާތަކެވެ.

އެ އަނިޔާތަކަށް ފަރުވާ ކުރުމަށް ފަހު، ދަތްދޮޅީގެ އޮޕަރޭޝަނެއް ކުރުމަށް އެކުއްޖާ ވަނީ އިންޑިޔާގެ ސަރުކާރު ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ.

އާޗަނާ ބުނާގޮތުގައި އެ ވަގު އެހާ ފަސޭހައިން ބިރުން ދިއުން އެއީ އޭނާގެ ނަސީބު ކަމެއް، ނުވަތަ އޭނާއަށް ޖެހުނުލެއް ބާރުކަމުން ކަމެއް ބުނަން ނޭނގެއެވެ. ނަމަވެސް އެ މިނިކާވަގު ދުވެފައި ދިޔަގޮތުން އެސޮރުގެ ފައިކޮޅުގައި މާ ބޮޑު ބާރެއް ނެތްކަމަށް އާޗަނާ ބުނެއެވެ.

އެސަރަހައްދުގެ ފުލުހުން ބުނާ ގޮތުން އެ ހާދިސާއަށްފަހު އެ ސަރަހައްދުން ދެފައި ވާގި ގޮސްފައިވާ މިނިކާވަގެއް ފެންނަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއީ އާޗަނާ ހަމަލާދިން މިނިކާވަގު ކަމަށްވެސް ވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެއީ މައިބަދަ މަތީ އެގޮތަށް ބާރަށް ޖެހުމުން ނާރަކަށް އަސަރު ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.

އާޗަނާގެ މި ހިތްވަރުގަދަކަމަށް ގިނަބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.