ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެކުއެޑޯއާ ދެކޮޅަށް ކިއުރަސާއޯގެ ގޯލްކީޕަރު އެލޯއި ރޫމް ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމާ އެކު، މީގެ ތިން އަހަރު ކުރިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ޖާޒީ ހޯދި ސަބަބުގެ ސިއްރު މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ. އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު 0-0 އިން އެއްވަރުވިއިރު، ރޫމް ވަނީ އެކުއެޑޯއިން ފޮނުވާލި 15 ހަމަލާއެއް ދިފާއުކޮށް، ވޯލްޑް ކަޕްގެ 90 މިނިޓުގެ މެޗެއްގައި އެންމެ ގިނަ ސޭވް ހެދި ކީޕަރުގެ ތާރީހީ ރެކޯޑު މުގުރާލާފައެވެ.

މި މުބާރާތުގެ ކުރިން ގިނަ ބަޔަކަށް ނޭނގޭ މި ކީޕަރަކީ މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު މެސީގެ ހާއްސަ ސަމާލުކަމެއް ލިބުނު ކުޅުންތެރިއެކެވެ. އެ އަހަރު ކިއުރަސާއޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި މެސީ ހެޓްރިކް ހަދައި، އާޖެންޓީނާގެ ގައުމީ ޓީމަށް 100 ގޯލު ހަމަކުރި ނަމަވެސް، ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އޭނާ ގެއަށް ގެންދަން ބޭނުންވީ މެޗު ބޯޅައެއް ނޫނެވެ. މެސީ އެ ދުވަހު އަމިއްލައަށް އެދިގެން ބަދަލުކުރީ ކިއުރަސާއޯގެ ގޯލްކީޕަރު އެލޯއި ރޫމްގެ ޖާޒީއެވެ.
މެޗުގައި ރޫމް ދެއްކި ހިތްވަރުގަދަ ކުޅުމާ އެކު، ކިއުރަސާއޯއިން ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެ ގައުމުން ހޯދި ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްފައެވެ. މެސީއަށް މީގެ ތިން އަހަރު ކުރިން ރޫމްގެ ހުރި ހުނަރުވެރިކަން ރޭކާލީ ނަމަވެސް، މެޗަށް ފަހު މުޅި ފުޓްބޯޅަ ދުނިޔެއަށް މިހާރު މިވަނީ ރޫމްގެ މޮޅުކަން ފެނި، އޭނާގެ ހަގީގީ ކޮލިޓީ ވަޒަންކުރަން މަޖުބޫރުވެފައެވެ.
