ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑާއި ގާނާ ބައްދަލުކުރާ މެޗުގެ ކުރިން، އިންގްލެންޑްގެ އިތުބާރު ފޯވާޑް ހެރީ ކޭން ހުއްޓުވުމަށްޓަކައި އޭނާއަށް ސިހުރު ހަދާފައިވާނެ ކަމަށް ގާނާގެ މަޝްހޫރު ސިހުރުވެރިއަކު ބުނެފިއެވެ. ގާނާގެ ސިހުރުވެރިއެއް ކަމަށްވާ ނާނާ ކުވަކޫ ބޮންސާމް ބުނީ، އޭނާގެ ރޫހާނީ ބާރުގެ ބޭނުންކޮށްގެން ހެރީ ކޭން އަށް މެޗުގައި ކުޅުމަށް ހުރަސްއަޅާފައިވާނެ ކަމަށާއި، މިއީ ގާނާ ޓީމަށް މެޗުން ކުރިހޯދައިދިނުމަށް ކުރި ކަމެއް ކަމަށެވެ.

މިއީ މި ސިހުރުވެރިޔާ ވޯލްޑް ކަޕްގެ ތަރިއަކަށް އަމާޒުކޮށް މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކަކުލަށް ލިބުނު އަނިޔާއަކީ ވެސް އޭނާ ހެދި ސިހުރުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެ ބޮންސާމް ކުރިން ވަނީ ފޮނިކަނޑާފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިފަހަރު ވެސް އޭނާގެ މި އަމަލުގެ ސަބަބުން ހެރީ ކޭންއަށް ގާނާގެ ބްލެކް ސްޓާސް ކޮޅަށް ލަނޑެއް ނުޖެހޭނެއެވެ.

މީނާ ސިހުރު ހެދިކަމަށް ބުނެފައިވާއިރު، ގުރޫޕު ސްޓޭޖުގައި އެންމެ ފަހުން ގާނާއާއި އިނގިރޭސި ވިލާތް ކުޅުނު މެޗު ވަނީ އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި އެއްވަރުވެފައެވެ.