އިނގިރޭސި ވިލާތުގެ ފިރިހެނަކު އޭނާގެ ދަރިފުޅު މަރާލި މައްސަލައެއްގައި އުމުރުދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ވިލިއަމް އެޑްވާޑް ޖޯންސް ނަމަކަށް ކިޔާ އުމުރުން 51 އަހަރުގެ މި ފިރިހެން މީހާ އަކީ މަސްތުވާ ތަކެތި ބޭނުންކޮށް އަދި ވިޔަފާރި ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާ އޭނާގެ ދަރިފުޅު މަރާލާފައިވާ ގޮތް އެ ސަރަހައްދުގެ ފުލުހުން ވަނީ މީޑިޔާތަކާ ހިއްސާކޮށްފައެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އޭނާ އެކުއްޖާ މަރާލީ ވިހޭ ތަނުންނެވެ. އޭނާގެ އަންހެނުން ވިހާފައިވަނީ ގޭގައެވެ. އެ ތުއްތު ކުއްޖާ ވިހެއުމާއެކު ނަގައިގެން ގެން ގޮސް، ކަޅު ކޮތަކަށް ލުމަށްފަހު، އޭނާ ދިރިއުޅޭ ގޭގެ ފުރަގަހުން ގެވަޅުތެރޭގައި ހުންނަ ކުނި އަންދާ ކޮށްޓެއް ތެރެއަށްލާ އެ ކުއްޖާ އަންދާލިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އޭނާގެ އަވައްޓެރިއެއްކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
އަދި އޭނާ އެކަން ކުރި ރޭވެސް އޭނާ މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށް އޭނާގެ ބައެއް އަވަށްޓެރިން ބުނިކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. މި މައްސަލަ ފުލުހުން ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމުން، ޖޯންސް ވަނީ އެކަމަށް އެއްބަސްވެފައެވެ.
މަސްތުވާ ތަކެތީގެ ސަބަބުން އެތަކެއް އާއިލާއެއް ރޫޅި އެތަކެއް ފުރާނައެއް މިދުނިޔެ ދޫކުރަން ޖެހެއެވެ. މުޅި ދުނިޔޭގައިވެސް މަސްތުވާ ތަކެތީގެ ވަކި މިވަނީ ހިއްޕާލާފައެވެ. މިފަދަ ހާދިސާތައް ތަކުރާރުމަވުން ދާއިރު، އެއްވެސް ގައުމެއްގައި މިކަން ކަމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި ތަންފީޒު ކުރެވެމުން ދާތީ ނުފެނެއެވެ.
