މާލޭގެ މަޖީދީމަގުގައި ހަދަމުންދާ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން މިއަދު މެންދުރުފަހު ދެ ބިދޭސީ މަސައްކަތްތެރިން ވެއްޓި، އަނިޔާވި ދެ މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:53 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި، އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން ބުނިގޮތުގައި މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ އިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.