ލޫސިއާނާގެ އަވަށެއް ކަމަށްވާ ނިއު އޯލޭންސްގައި ފިރިހެނަކު އޭނާގެ މާބަނޑު އަންހެނުން މަރާލައިފިއެވެ.
އުމުރުން 19 އަހަރުގެ އަލްވިން ސަވަރިން ނަމަކަށް ކިއުނު މި ޒުުވާނާ ހަމާލާދީ މަރާލާފައިވަނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. ސަވަރިން މި ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވަނީ މަރުތޭލެކެވެ.
ރިޕޯޓުތައް ބުނާގޮތުން މި ދެމީހުންގެ ދެމެދުގައި އަބަދުވެސް މައްސަލަ ޖެހެއެވެ. މިކަން ދިމާވަނީ އެ ފިރިހެން މީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ވާތީއެވެ. އޭނާގެ އަވައްޓެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ރެއަކީވެސް އާދައިގެ މަތިން އެ ދެމީހުން ޒުވާބު ކުރި ރެއެއް ކަމަށާ، ނަމަވެސް ކުއްލިއަކަށް އަޑެއް އިވުމަށްފަހު އެ ޒުވާބު ހުއްޓުން ކަން އެމީހުންނަށް ފާހަގަވިއެވެ. ނަމަވެސް އެކަމާ އޭރު އެމީހުން އަޅާނުލާ ކަމަށާއި ނަމަވެސް އިރުކޮޅެއް ފަހުން ސަވަރިން އެ ގެއިން ނުކުމެގެން ކާރެއްގައި ބާރުލާފައި ދިޔަތަން އެމީހުންނަށް ފެނުނެވެ. އެހެން ކަމުން ކަމެއް ގޯސްވީ ކަމުގެ އިހުސާސްކުރެވި އެމީހުންވެސް އެ ގޭގެ ހަބަރެއް ބަލާލަން ދިއުމުން ފެނުނީ އެ ޒުވާން އަންހެނާ ތަޅުންގަނޑު މަތީގައި ވެއްޓިފައި އޮއްވައެވެ.
އޭނާގެ ބޮލުން ގިނަ އަދެއްގެ ލޭ ހުރީ ފައިބާފައެވެ. މާދުރު ނޫން ހިސާބެއްގައި މަރުތޭލެއް އޮތްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އަވަށްޓެރިންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީވެސް އެމީހުންނެވެ.
އެ ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށާއި ބަނޑުގައި އޮތް ތުއްތު ކުއްޖާގެ ފުރާނަވެސް ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ. ބަނޑަށް 6 މަހުގައި އެ ޒުވާނާ މަރާލުމާއި ގުޅިގެން އެ ސަރަހައްދުގެ ގިނަ ބަޔަކު ދަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.
ފުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި ސަވަރިން ބުނީ އޭނާ އެކަން ކުރީ ގަސްތުގައި ނޫން ކަމަށާއި، ބޭއިހްތިޔާރުގައި އޭނާގެ އަންހެނުންގެ ބޮލުގައި މަރުތޭލައަކުން ޖެހުނީ ބޮޑު ޒުވާބެއްގެ ތެރެއިންނެވެ. އަދި އެވަގުތު އޭނާ ހުންނާނީ މަސްތުގެ ހާލުގައި ކަމަށްވެސް އޭނާ ވަނީ ފުލުހުންނަށް ކިޔައިދީފައެވެ.
