ތީރު މީޑިއާއި ސައުވީސް ގުޅިގެން ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ބޯޅަ ފޯރި" ޕޭޖުން ރިޗާޖު ކުރާ މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު 8 ފަރާތަކަށް އަގުހުރި ގިފްޓް ޕެކްތަކެއް ދޭން ފަށައިފިއެވެ. "ޓޮޕްއަޕް އެން ވިން" ގެ ނަމުގައި ފަށާފައިވާ މި ހާއްސަ ޕްރޮމޯޝަނަކީ ވޯލްޑް ކަޕްގެ ފޯރި އިތުރަށް ގަދަކޮށް، ސަޕޯޓަރުންނަށް ތަފާތު އިނާމުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ފޯރިގަދަ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ގިފްޓް ޕެކް ލިބޭ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނަގާ ހާއްސަ ގުރުއަތަކުންނެވެ. މި ގުރުއަތުން ހޮވޭ 8 މީހަކަށް ތަފާތު އެކި ބްރޭންޑްތަކުގެ އަގުހުރި ހަދިޔާތައް ލިބިގެންދާނެއެވެ. މިއީ ފުޓްބޯޅައިގެ ފޯރީގެ ތެރެއިން އާންމުންނަށް ލިބިގެންދާ ވަރަށް އުފާވެރި ހަބަރެކެވެ.
ކޮންމެ ހަފްތާއަކު ދޫކުރާ ގިފްޓް ޕެކްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ގިނަ ވިޔަފާރިތަކެއްގެ ހަދިޔާތައް ހިމެނެއެވެ. އޭގެ ތެރޭގައި "ވިއާނާ ކޮސްމެޓިކްސް" ގެ ގިފްޓް ޕެކް، "ފިނެސް" ގެ ގިފްޓް ޕެކް، އަދި "ޑޯނަޓް ފެކްޓްރީ" ގެ މީރު ހަދިޔާތައް ހިމެނެއެވެ. މީގެ އިތުރުން "ވޮކްސް ކަރޯކޭ ލޯންޖު" އިން ހިލޭ ކަރޯކޭ ސެޝަނެއް ލިބުމުގެ ފުރުސަތާއި "ދުފި" ބްރޭންޑްގެ ހާއްސަ ގިފްޓް ޕެކްތައްވެސް މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބޭނެއެވެ. އަދި މާސްޓާ ކިޑްގެ ގެ ގިފްޓު ޕެކާއި, ރަޗީޓޯ ރެސްޓޯރަންޓުން ލިބޭ ޑިނާ ވެސް މި ގިފްޓު ޕެކްތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެކަނި ރިޗާޖުކޮށްގެން ލިބޭ އިނާމުތަކުގެ އިތުރުން، ފައިސާގެ ބޮޑެތި އިނާމުތަކެއް ހޯދުމުގެ މަގުވެސް "ބޯޅަ ފޯރި" ޕޭޖުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ވޯލްޑް ކަޕް މެޗުތަކުގެ ސްކޯ ޕްރިޑިކްޓް ކޮށްގެން 5،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޕްރިމިއަމް ފޭސް ޕެއިންޓްކޮށްގެންވެސް "ދަ ސެންޓް" އިން ދޭ 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު މުބާރާތް ނިމެންދެން ކުރިއަށްދާނެއެވެ.
ތީރު މީޑިއާގެ މި ހާއްސަ ޕޭޖަށް އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ވޯލްޑް ކަޕް ފެށުނު ފަހުން މިހާތަނަށް 10،000 އަށްވުރެ ގިނަ ފުޓްބޯޅަ ސަޕޯޓަރުން ވަނީ މި ޕޭޖަށް ޒިޔާރަތްކޮށް، ތަފާތު ހަރަކާތްތަކުގައި ބައިވެރިވެފައެވެ. މިއީ ރާއްޖޭގައި ފުޓްބޯޅައަށް އޮތް ލޯތްބާއި، މިފަދަ އިންޓަރެކްޓިވް ޕްލެޓްފޯމްތަކަށް އާންމުން ކުރާ އިތުބާރު ދައްކުވައިދޭ ކަމެކެވެ.
މިދިޔަ ހަފްތާގައި ވަނީ ތިން ނަސީބުވެރިން ހޮވައި، އިނާމުތައް ވެރިފަރާތައް ރައްދުކޮށްދީފައެވެ.
އިނާމުތަކުގެ އިތުރުން، ސަޕޯޓަރުން ޝައުގުވެރިވާނެ ގިނަ ކުޅިވަރުތަކެއްވެސް މި ޕޭޖުގައި އެކުލެވިގެންވެއެވެ. އަމިއްލަ "ޑްރީމް ޓީމް" ހެދުމުގެ ފުރުސަތާއި، ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުން އަންނަ "ބޯޅަ ކޮބާ؟" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތްތަކަކީ އެކުވެރިންނާއި އާއިލާ މެންބަރުންނާއެކު ވޯލްޑް ކަޕްގެ ފޯރި ނަގަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ވާނެއެވެ.
"ބޯޅަ ފޯރި" ޕޭޖަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، ވިޔަފާރިތަކަށް މި ޕޭޖު ސްޕޮންސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފައެވެ. ތީރު މީޑިއާއިން ބުނާގޮތުގައި މިއީ ގިނަ ބައެއްގެ ސަމާލުކަން ހޯދައި، ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ. ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތަކާއެކު، "ބޯޅަ ފޯރި" ޕޭޖުން ގެނެސްދޭ މިފަދަ ހަރަކާތްތަކުގެ ސަބަބުން ސަޕޯޓަރުންނަށް މިއަހަރުގެ މުބާރާތް އިތުރަށް ހާއްސަވެގެންދާނެއެވެ.
