ކޮންމެ މަޔަކާއި ބަފައެއްގެވެސް އެންމެ ބޮޑު އެދުމަކީ އަދި ހުވަފެނަކީ ތިމާގެ ދަރިންނަކީ މުޖުތަމައުއަށް ފައިދާހުރި، އަދަބުވެރި، އަދި ސާލިހު ބަޔަކަށް ވުމެވެ. ނަމަވެސް، އިންސާނުންނަށް ވީތީ ކުދިންނަށް ކުށް ކުރެވުމަކީ، ނުވަތަ ނޭދެވޭ މަގުތަކުން ހިނގުން ފަދަ ކަންކަމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވެދާނެ ކަންކަމެވެ. އެފަދަ ހާލަތްތަކުގައި ހަމައެކަނި ދަރިން ކުށްވެރިކޮށް، ނުވަތަ ރުޅިވެރިކަން އިސްކުރުމަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ. އޭގެ ބަދަލުގައި، އެކުދިންނަށް ހެޔޮވިސްނުން ދެއްވައި، ތެދުމަގު ދެއްކެވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ބޮޑު މަސްއޫލިއްޔަތެކެވެ.
ދަރީންނަކީ ރަނގަޅު ޞާލިޙް ބައެއް ގޮތުގައި ލެއްވުން އެދި އަބަދުވެސް ދުޢާ ކުރަން ވާނެއެވެ. އެގޮތުން ފުރްޤާން ސޫރަތުގައި ވާ ދުޢާ ގިނަގިނައިން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެ ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ޙަޔާތުގެ ބައިވެރިންގެ (އެބަހީ؛ އަނބިންނާއި ފިރިންގެ) ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"
މި މާތް ދުޢާއިން އެނގިގެންދަނީ، ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމަކީ (އެބަހީ، އެކުދިންނަކީ ކިޔަމަންތެރި، ސާލިހު ބަޔަކަށް ވުމަކީ) ﷲ ގެ ހަޟްރަތުން އެދެންޖެހޭ ބޮޑުވެގެންވާ ނިއުމަތެއް ކަމެވެ. ދަރިން ނުކިޔަމަންތެރިވާ ވަގުތުތަކުގައާއި، ދިރިއުޅުމުގެ ކަންކަމުގައި ކުށްކުރެވޭ ހިނދު، މައިންބަފައިން ކުރާ ހެޔޮ ދުޢާއަކީ އެކުދިންގެ ހިތްތައް ބަދަލުކޮށްދޭނެ ސަބަބެކެވެ. މައިންބަފައިން ދަރިންނަށްޓަކައި ކުރާ ދުޢާއަކީ އިޖާބަކުރެއްވުން އަވަސް ދުޢާއެކެވެ.
އެހެންކަމުން، ދަރިންނަށް ނަސޭހަތްތެރިވެ، ހެޔޮ މަގު ދެއްކުމަށް މަސައްކަތްކުރާ ފަދައިން، މި ދުޢާ އަބަދުމެ ދުލު ކުރީގައި ބޭއްވުން އާދައަކަށް ހަދަމާ ހިންގަވާށެވެ. ހަމައެކަނި ކުށްވެރިކުރުމުގެ ބަދަލުގައި، ﷲ ގެ ރަޙްމަތަށް އެދި ދުޢާކުރުން ގިނަކުރުމަކީ ދަރިންގެ މުސްތަގުބަލު ބާއްޖަވެރިވެ، އާއިލާއަށް އުފާވެރިކަން ލިބިގެންދާނެ ކަމެކެވެ.
ހަވާލާ: އިސްލާމީ ތިލަފަތުގެ ދަރުހަކުން (މުފްތީ މެންކް) 2025.
