ޒަމާނުއްސުރެ ސައިންސްގެ ފިލާވަޅުތަކުން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވަނީ ފެން އެކުލެވިގެންވަނީ މައިގަނޑު ތިން ހާލަތެއްގައި ކަމަށެވެ. އެއީ ގަނޑުފެނުގެ ސިފައިގައި ހުންނަ ހަރު ހާލަތާއި، އާދައިގެ ދިޔާ ހާލަތުގެ އިތުރުން އާވީގެ ސިފައިގައި ހުންނަ ގޭހުގެ ހާލަތެވެ. ނަމަވެސް، ސައިންސްވެރިން މިހާރު ވަނީ ގަސްގަހާގެހީގެ ތެރެއިން ފެނުގެ މުޅިން އާ (ހަތަރުވަނަ) ހާލަތެއް ހޯދާފައެވެ.
އާންމުކޮށް 'އެކްސްކްލޫޜަން ޒޯން' ނުވަތަ "އީޒެޑް ވޯޓާ" ގެ ނަމުން ނަންދެވިފައިވާ މި ފެނަކީ، ދިރޭ ގަސްގަހާގެހީގެ ތެރޭގައި ވަރަށް ގިނައިން އެކުލެވޭ އެއްޗެކެވެ. މިއީ އަޅުގަނޑުމެން މި ބޯ އާދައިގެ އެހް.ޓޫ.އޯ (ފެން) އެއް ނޫނެވެ. މިއީ ދިޔާ ފެނަށްވުރެ ހަރު، ނަމަވެސް ގަނޑުފެނަށްވުރެ މަޑު، ޖެލް އެއްގެ ސިފައިގައި އޮންނަ، ދިޔާ ހާލަތާއި ހަރު ހާލަތާ ދެމެދުގެ ފޭސްއެކެވެ. ނެގެޓިވް ޗާޖެއް އެކުލެވޭ މި ހާއްސަ ފެން، ގަހުގެ ސެލްތަކުގެ ތެރޭގައި ކުޑަކުޑަ ބެޓެރިއެއްގެ ގޮތަށް މަސައްކަތް ކުރެއެވެ.
މި ހައިރާންކުރުވަނި "އީޒެޑް" ފެނުގެ ސަބަބުން ގަސްގަހާގެއްސަށް ގްރެވިޓީ ނުވަތަ ބިމުގެ ދަމާބާރާ ދެކޮޅަށް، މޫތަކުން ފެށިގެން މައްޗަށް ނިއުޓްރިއެންޓްސް (ކާނާގެ ބައިތައް) އުފުލުމުގެ ގާބިލުކަން ލިބިގެންދެއެވެ. އަދި މީގެ އިތުރުން ގަސްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށްވެސް މި ފެން އެހީތެރިވެދެއެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ފެންނަން ހުންނަ މާއްދާ ކަމަށްވާ ފެނުގެ އަސާސީ ސިފަތަކާއި، ދިރުންތައް މަސައްކަތްކުރާ ގޮތާ މެދު ސައިންސްވެރިން ދެކޭގޮތް މުޅިން ބަދަލުކޮށްލި ހޯދުމެކެވެ.
