ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ގާޒާގެ އެކި ސަރަހައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި މީދާ ހާލިހަދައި، އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޭމްޕުތަކުގެ ވަށައިގެން ކުނިފަރުބަދަތައް ހެދި، ނަަޖިސް ފެން ހިންދާ ނިޒާމުތައް ފުރިގެން ބޭރުވުމާއި، ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން ސިއްހީ ހާލަތު ވަނީ ނުހަނު ދަށަށް ގޮސްފައެވެ.
އެ ސަރަހައްދުގައި ހިދުމަތްކުރާ ޑޮކްޓަރުން ހާމަކުރާ ގޮތުގައި، ސާފުތާހިރުކަން ކުޑަވުމާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތުމުގެ ސަބަބުން، ހާލުގައި އުޅޭ އާއިލާތަކުގެ މެދުގައި ހަމުގެ ނުރައްކާތެރި ބަލިތައް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މިފަދަ ބަލިތައް ޖެހުން ގިނަވެ، ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
ކޭމްޕުތަކުގައި ދިރިއުޅޭ މީހުން ބުނާގޮތުން، ކުނީގެ ވަސްދުވުމާއި މީދަލުގެ އުނދަގުލާ ހުރެ ރޭގަނޑު ނިދުމަކީވެސް މިހާރު ވޭނެކެވެ. ހަނގުރާމައިގެ ސަބަބުން އަސާސީ ހިދުމަތްތައް މުޅިން ހަލާކުވެފައިވާ އިރު، ބައިނަލްއަގުވާމީ އެހީތެރިކަން އެދެވޭ ގޮތެއްގައި ނުލިބޭއިރު، އަދި މީދަލުގެ އުނދަގޫ މިހާ ބޮޑުވެގެން ދިއުމުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޚަބަރު
ގާޒާގެ ރެފިއުޖީ ކޭމްޕުތަކަށް މީދަލުގެ އުނދަގޫބޮޑުވެ، ސިއްހީ ނުރައްކާތެރިކަން އިތުރުވެއްޖެ
