އެމެރިކާގެ އޮހައިއޯގެ ހޮސްޕިޓަލެއްގެ ވިހާ ކޮޓަރި ނުވަތަ ލޭބަރ އެންޑް ޑެލިވަރީ ޔުނިޓުގައި މަސައްކަތްކުރާ 17 ނަރުހުން އެއް ދުވަސްވަރެއްގައި ބަނޑުބޮޑުވެ، އާ ރެކޯޑެއް ގާއިމުކޮއްފިއެވެ. އޭބީސީ ނިއުސްއިންގައި ރިޕޯޓްކޮށްފައިވާ ގޮތުން، މިއީ އެއް ހޮސްޕިޓަލެއްގެ އެއް ސެކްޝަނެއްގައި މަސައްކަތްކުރާ އެންމެ ގިނަ މުވައްޒަފުން އެއްފަހަރާ ބަނޑުބޮޑުވި ފުރަތަމަ ފަހަރެވެ. މި ހުރިހާ ނަރުހުންނަށްވެސް ދަރިން ލިބޭނީ މި އަހަރުގެ ތެރޭގައެވެ.

މި އާދަޔާ ހިލާފު ހާދިސާއާ އެކު، މީގެ ކުރިން ޑޭޓަންގެ މިއާމީ ވެލީ ހޮސްޕިޓަލުން ހަދާފައިވާ ރެކޯޑު މިވަނީ މުގުރާލާފައެވެ. އެ ހޮސްޕިޓަލުގެ ނިއުސް ރިލީޒްގައިވާ ގޮތުން، މީގެ ކުރީގެ ރެކޯޑަކީ އެއް ޔުނިޓެއްގެ 11 މުވައްޒަފުން އެއްފަހަރާ ބަނޑުބޮޑުވުމެވެ. ނަމަވެސް މިފަހަރުގެ އަދަދު ވަނީ 17 އަށް އަރާފައެވެ.

މި އުފާވެރި ހަބަރާ ގުޅިގެން، ބަނޑުބޮޑުވި 17 ނަރުހުންގެ ތެރެއިން 15 ނަރުހުން ވަނީ ދާދިފަހުން ހޮސްޕިޓަލުގައި އެއްވެ، ހާއްސަ ގްރޫޕް ފޮޓޯއެއް ނަގާފައެވެ. މި ފޮޓޯގައި ހުރިހާ ނަރުހުންވެސް ތިބީ އެއްގޮތް ޔުނީފޯމެއްގައެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުންނާއި އާންމުން ދަނީ މި ހުރިހާ ނަރުހުންނަށް މަރުހަބާ ކިޔައި، ހެޔޮއެދުންތައް ފޮނުވަމުންނެވެ.