ދިރިއުޅުމުގައި ކުރިމަގެއް އަދި އަލިމަގެއް ނުފެނުމުން، މާޔޫސްކަމުން ފާގަތިކަން ހޯދުމަށް ގިނަ ބަޔަކު އަންނަނީ އެއްގައުމުން އަނެއްގައުމަށް ހިޖުރަކުރަމުންނެވެ. އެގޮތުން ރެފިއުޖީންގެ ގޮތުގައި ގިނަ ބަޔަކު އެއްގައުމުން އަނެއްގައުމަށް ހިޖުރަކުރާއިރު، އެ މީހުން ދެކޭ ފޮނި ހުވަފެންތަކެއް ވެއެވެ. މިއީ އުމުރުން 23 އަހަރުގެ މާޔާ ގަޒަލްގެ ވާހަކައެވެ.

މާޔާ އަކީ ސީރިއާއަށް އުފަން އަންހެން ކުއްޖެކެވެ. މާޔާ ވަނީ އޭނާގެ އުމުރުން 16 އަހަރުގައި ސީރިޔާދޫކޮށް އިނގިރޭސިވިލާތަށް ރެފިއުޖީއެއްގެ ގޮތުގައި ހިޖުރަކޮށްފައެވެ.

މާޔާ އޭނާގެ އާއިލާ އާއިއެކު އިނގިރޭސި ވިލާތަށް ހިޖުރަކުރީ ފޮނި އުންމީދުތަކަކައިގެންނެވެ. އޭނާ މިވަނީ އެ އުންމީދުތައް ހަގީގަތަކަށް ހަދާފައެވެ. މާޔާ ވެގެން ގޮސްފައިވަނީ ސީރިޔާ ރެފިއުޖީންކުރެ އެންމެ ފުރަތަމަ އަންހެން ޕައިލެޓަކަށް ވި މީހާއަށެވެ. މާޔާ އަކީ މިހާރު ޕައިލެޓެކެވެ. 

އިނގިރޭސި ވިލާތުގައި ރެފިއުޖީއެއްގެ ގޮތުގައި ތައުލީމު ހާސިލުކުރުން ވެގެން ދިޔައީ އޭނާއަށް ބޮޑު ދައްޗަކަށެވެ. ނަމަވެސް މަޑުމަޑުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަނުން އޭނާ މި ވަނީ ކާމިޔާބީއާއި ހިސާބަށް ވާސިލްވެފައެވެ.

މިއަދު މާޔާގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ކޮމާޝަލް އެއާލައިން ތަކުގެ ޕައިލެޓަކަށް ވުމެވެ. އަދި މާޔާ ވަނީ ރެފިއުޖީއަކަށް ވުނަކީ ކަންކަމުން މީހާ މަހުރޫމުވެގެންވާނޭ ކަމެއް ނޫންކަމާއި ހިތްވަރާއި އެކީ ކުރިމަތިލައިފިނަމަ ނުވާނޭކަމެއް ނޯންނާނެކަން ބުނެފައެވެ. އަފި ރެފިއުޖީންގެ ތެރެއިން ޕައިލެޓުކަމަށް ޝައުގެވެރިވާ މީހަކު ހުރިނަމަ، މަޔާ އެމީހަކަށް އެހީތެރިކަން ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދީފައެވެ.