"އަހަރެން 4،000 އަށްވުރެ ގިނަ ފޮތް ކިޔައިފިން، އެހެންކަމުން އަހަރެން 4،000 ދިރިއުޅުން ތަޖުރިބާކޮށްފިން. ކޮންމެ މީހަކަށްވެސް އެ ފުރުސަތު ލިބެންޖެހޭނެ،" މިއީ މޮރޮކޯގެ އެންމެ ދުވަސްވީ ފޮތް ވިއްކާ މީހާ ކަމަށްވާ މުހައްމަދު އަޒީޒް ބުނެފައިވާ ބަހެކެވެ. އޭނާގެ ދިގު ހަޔާތުގައި ޢިލްމު އުނގެނުމަށާއި ކިޔުމަށް ދީފައިވާ އަހައްމިއްޔަތުގެ ސަބަބުން އޭނާ މިހާރު ވެފައިވަނީ އެ ގައުމުގެ މަގްބޫލު ނަމަކަށެވެ.

އަޒީޒް ކޮންމެ ދުވަހަކުވެސް 6 ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ވަގުތެއް ފޮތް ކިޔުމުގައި ހޭދަކުރެއެވެ. އޭނާ ކިޔުން މެދުކަނޑާލަނީ ހަމައެކަނި ކެއުމަށާއި ފަރުޟު ފަސް ނަމާދު ކުރުމަށް އެކަންޏެވެ. އޭނާ ވަނީ މިހާތަނަށް ޢަރަބި، ފްރެންޗް އަދި އިނގިރޭސި ބަހުން 5،000 އަށްވުރެ ގިނަ ފޮތް ކިޔައި ނިންމާފައެވެ. ފޮތްތެރިކަމަށް އޭނާ ބަހައްޓާ ޝައުގުވެރިކަމުގެ ސަބަބުން އޭނާގެ ސަރަހައްދުގެ މީހުން އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމްކުރެއެވެ.

އަޒީޒްގެ ފިހާރައިގެ އެންމެ ހައިރާންކުރުވަނިވި ކަމަކީ، އޭނާ ފިހާރައިން ބޭރަށްދާއިރު ފޮތްތައް ބޭރުގައި ހާމައަށް ދޫކޮށްލާފައި ދިއުމެވެ. އޭނާ މީހުންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ބުނެފައިވަނީ، "ފޮތް ކިޔަން ނޭނގޭ މީހާ ފޮތެއް ވަގަކަށް ނުނަގާނެއެވެ. އަދި ފޮތް ކިޔަން އެނގޭ މީހަކީ ވައްކަން ކުރާނެ މީހެއް ނޫނެވެ."