ކެމަރޫންގައި އުފަންވުން ރަޖިސްޓްރީ ކުރުމުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެ ޤައުމުގައި މިލިއަނަކަށްވުރެ ގިނަ ކުދިން އަދިވެސް ތިބީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތިކަން ހާމަވެއްޖެއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ސަބަބުން ކުދިންގެ އަސާސީ ޙައްޤުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

އެ ޤައުމުގެ މިނިސްޓްރީ އޮފް ބޭސިކް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޕްރައިމަރީ ސްކޫލްތަކުގައި ކިޔަވަމުންދާ ކުދިންގެ ތެރެއިން 1.5 މިލިއަނަށްވުރެ ގިނަ ކުދިން ސްކޫލަށް ވައްދާފައިވަނީ އުފަންދުވަހުގެ ސެޓްފިކެޓެއް ނެތިއެވެ. މިއީ އެ ޤައުމުގެ ޕްރައިމަރީ ސްކޫލްތަކުގައި ކިޔާވާ ޖުމްލަ ކުދިންގެ ގާތްގަނޑަކަށް 30 އިންސައްތައެވެ.

ޤާނޫނީގޮތުން ކާކުކަން އަންގައިދޭ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން، މި ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގައާއި، ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހެއެވެ. އަދި ބޮޑުވަމުން އަންނަ ވަގުތު ދައުލަތުން ލިބެންޖެހޭ އެހެނިހެން މުހިންމު ޚިދުމަތްތަކުންވެސް މި ކުދިން މަޙްރޫމުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މިކަން ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާތަނަށް ކުރަމުން އައި މަސައްކަތްތަކުން މާ އެދެވޭ ނަތީޖާއެއް ވަނީ ނުލިބިފައެވެ. އެހެންކަމުން މިކަމުގައި އަދިވެސް މިކަމުގައި އިތުރު މަސައްކަތްތަކެއް ކުރަން ވަނީ މަޖުބޫރުވެފައެވެ.