މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ހާފްޓައިމް ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޕާފޯމްކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީ ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގެ މިފަދަ ޝޯއަކުން އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ. މި ފައިނަލް މެޗު އޮންނާނީ އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.

ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާގޮތުން، ވޯލްޑް ކަޕް ފައިނަލްގެ ސްޓޭޖުން ބީބަރު ފެނިގެންދާނީ ކުރިންވެސް މި ޝޯއިން ފެންނާނެކަން ކަށަވަރުވެފައިވާ ބޮޑެތި ތަރިންތަކަކާއެކުއެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަޑޯނާ، ޝަކީރާ އަދި ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ކޭ-ޕޮޕް ގްރޫޕް ބީޓީއެސް ހިމެނެއެވެ. މި ބޮޑު ޝޯއަށް ބެލުންތެރިންގެ ސަމާލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

މި ޝޯއިން ޖަސްޓިން ބީބަރު ފެނިދާނެ ކަމުގެ އަޑުތައް ގަދަވެފައިވަނީ، ކެލިފޯނިއާގައި ބޭއްވި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުން އޭނާގެ އަންހެނުން ހޭލީއާއެކު ފެނުމާ ގުޅިގެންނެވެ. އަދި އެ ރަސްމިއްޔާތުގެ ބެކްސްޓޭޖުގައި އޭނާގެ މަގްބޫލު ލަވަ "ޔޫކޮން" ގެ ކުޑަ ޕާފޯމެންސެއް ދައްކާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ބީބަރު މިއަހަރު ވޯލްޑް ޓުއާއެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވާތީ، ވޯލްޑް ކަޕުން އޭނާ ފެނުމުގެ ފުރުސަތު ބޮޑުވުމަކީ ފޭނުންނަށް ލިބޭނެ ބޮޑު އުފަލެކެވެ.