ގިނަ ފަހަރަށް ބުޅާ ގެންގުޅޭ މީހުންނަށް ބުޅަލުގެ އަމަލުތައް މާނަކުރެވެނީ ބޮޑާކަމެއްގެ ގޮތުގައެވެ. ނަމަވެސް، ވެރިމީހާއާ މައްސަލައެއް ޖެހުމުން ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ހިނގުމުން، ބުޅާ އަލުން ގުޅުން ބަދަހިކުރަން މަސައްކަތްކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ ބުޅާ ގެންގުޅޭ މީހުން ދެނެގަންނަން މުހިންމު 10 އިޝާރާތެކެވެ.

ބުޅާ މާފަށް އެދޭއިރު އެންމެ ފުރަތަމަ ފާހަގަކުރެވޭ އެއް ކަމަކީ "ލޯ މަރާލުން" ނުވަތަ "ސްލޯ ބްލިންކް" އެވެ. ބުޅާ ހިތްހަމަނުޖެހިފައި ހުރެފައި ވެރިމީހާ ފެނުމުން ލޯ މަޑުމަޑުން މަރާލާ ނަމަ، އެއީ އޭގެ ހިތްހަމަނުޖެހުން ފިލުވައިލަން މަސައްކަތްކުރާކަމުގެ ނިޝާނެކެވެ. މީގެ އިތުރުން ވެރިމީހާ ގައިގައި ބޯ އުނގުޅުމަކީ ވެސް މައާފަށް އެދޭކަމުގެ ރަމްޒެކެވެ. މިގޮތަށް އަމަލުކުރުމުން ބުޅާ މަސައްކަތްކުރަނީ އޭގެ ގައިގައި ހުންނަ ވަހުން ވެރިމީހާގެ ގައިގައި ހުރި "ގޯސް ވަސް" ފިލުވާލައި، ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަލުން ރަނގަޅު ކުރާށެވެ.

ބުޅާ މާފަށް އެދުމުގެ ގޮތުން ދެން އެންމެ އާންމުކޮށް ފެންނަ ކަމަކީ ބަނޑުދަށް ދައްކާލުމެވެ. ގިނަ މީހުން ހީކުރަނީ މިއީ ކުޅެން ދައުވަތު ދިނުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ، މިއީ އެންމެ ބޮޑު ނާޒުކު ހާލަތު ދައްކުވައިދޭ އިޝާރާތެއް ކަމެވެ. މި ހާލަތުގައި ބުޅާ ބޭނުންވަނީ އޭގެ ވެރިމީހާއަށް އިތުބާރުކުރާކަން އަންގައިދޭށެވެ. މީގެ އިތުރުން، ބުޅާ އޭގެ އެންމެ ގަޔާވާ ކުޅޭ އެއްޗެއް ވެރިމީހާ އަތަށް ގެނެސްދިނުމަކީ ވެސް "ސުލްހައިގެ ރަމްޒެއް" ކަމުގައި ބެލެވެއެވެ.

މިފަދަ ހުރިހާ އަމަލުތަކަކީ ވެސް ބުޅަލުގެ ބަޔޮލޮޖިކަލް މެކޭނިޒަމްތަކެކެވެ. އެއީ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ސްޓްރެސް ކުޑަކޮށް، ގުޅުން ބަދަހިކުރުމަށް ބުޅާ ބޭނުންކުރާ ސުލްހައިގެ މަގެކެވެ. ބުޅަލުގެ މިފަދަ ކުދިކުދި އިޝާރާތްތައް ދެނެގަތުމަކީ، ވެރިމީހާއަށް އެކުއްޖާގެ އިހުސާސްތައް ދެނެގަނެ، ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ބޮޑު އެހީއެކެވެ.