ޔޫރަޕްގެ އެންމެ އުސް ހިސާބުގައި ހުރި ހޮޓާ ކަމަށްވާ "ކަޕާނާ މާގަރީޓާ" އަށް ދިއުމަށްޓަކައި ކްރިސް ހަވަޓް ނަމަކަށް ކިޔާ މީހަކު ތިން ދުވަހުގެ ނުރައްކާތެރި އެޑްވެންޗާ ދަތުރެއް ކޮށްފިއެވެ. ކަނޑުގެ ސަތަހައަށްވުރެ 4،554 މީޓަރު އުހުގައިވާ މި ހޮޓަލަށް ދިއުމަށް އޭނާ ކުރި ދަތުރުގައި ވަރަށް ނުރައްކާތެރި ގްލޭސިއާތައް ހުރަސްކުރަންޖެހުނެވެ.
މި ދަތުރުގައި ކްރިސްއާއެކު ފަރުބަދައަށް އަރާ މާހިރެއް ކަމަށްވާ މާޓިން ބައިވެރިވިއެވެ. ދަތުރުގެ ދެވަނަ ދުވަހު ގްލޭސިއާ ހުރަސްކުރަން ފެށުމާއެކު ސުނޯގެ އަޑީގައި ފޮރުވިފައި ހުންނަ ބޮޑެތި ހޮހަޅަތަކުގެ ނުރައްކާ ބޮޑުވިއެވެ. މީގެ އިތުރުން، އުސް ބިންތަކަށް ދިއުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި، ނޭވާލާން އުނދަގޫވުން ފަދަ ގިނަ ސިއްހީ ގޮންޖެހުންތަކެއް އޭނާ ތަހައްމަލުކުރިއެވެ.
ނަމަވެސް، 1889 ވަނަ އަހަރު ބިނާކޮށްފައިވާ މި ހޮޓަލަށް ދެވުމާއެކު އޭނާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެއީ އެހާ އުސްތަނެއްގައި ހުރި ތަނެއް ނަމަވެސް، އެތަނުން ވައިފައިގެ ހިދުމަތާއި، މީރު ކާނާގެ އިތުރުން މުޅި ސަރަހައްދު ރީތިކޮށް ފެންނަ ހިތްގައިމު ބެލްކަންޏެއް ލިބެން ހުރުމުންނެވެ. ކްރިސް ބުނީ މިއީ އޭނާގެ ދިރިއުޅުމުގައި ކުރެވުނު ވަރަށް ތަފާތު އަދި ހިތްވަރުގަދަ ދަތުރެއް ކަމަށެވެ.
ދަތުރުފަތުރު
ޔޫރަޕްގެ އެންމެ އުސް ހޮޓަލަށް ދިއުމަށް ކުރި 3 ދުވަހުގެ ނުރައްކާތެރި ދަތުރު
