ހޫނުގަދަ ދުވަސްތަކުގައި ފިނިވުމަށްޓަކައި ގިނަ ބަޔަކު އައިސްކްރީމް ކާން އިސްކަންދިން ނަމަވެސް، ހަށިގަނޑުގެ ފިނިހޫނުމިން ހަމަހަމަކޮށްދިނުމަށް އައިސްކްރީމަށްވުރެ ކާނާގެ ތެރޭގައި މިރުސް ހިމަނައިގެން ކެއުން މާ ފައިދާ ބޮޑުކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މިރުހުގައި ހުންނަ ކެޕްސައިސިންގެ ސަބަބުން ހަށިގަނޑަށް ހޫނުވެއްޖެކަމަށް ލަފާކޮށް ދާހިއްލުން އިތުރުކޮށްދޭއިރު، އެ ދާ ހިކުމުން ހަށިގަނޑު މާ ފަސޭހައިން ފިނިކޮށްދެއެވެ.

އައިސްކްރީމް ކެއުމުން އަނގަޔަށް ވަގުތީ ފިނިކަމެއް ލިބުނު ނަމަވެސް، އޭގައި ހުންނަ ހަކުރާއި ފެޓްސް ހަޖަމުކުރުމަށްޓަކައި ހަށިގަނޑުން އިތުރަށް މަސައްކަތްކޮށް ހޫނު އުފައްދާ ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން، ކާނާގެ ތެރޭގައި މިރުސް ހިމަނައިގެން ކެއުމުން ފެން ބޯން ބޭނުންވާ މިންވަރު އިތުރުވެ، ހަށިގަނޑުން ފެން މަދުވުމުން (ޑީހައިޑްރޭޝަން) ސަލާމަތްވުމަށް އެހީތެރިވެދެއެވެ.

ދުނިޔޭގެ އެންމެ ހޫނުގަދަ ގައުމުތައް ކަމަށްވާ ތައިލެންޑް، އިންޑިއާ އަދި މެކްސިކޯ ފަދަ ގައުމުތަކުގެ މީހުން ހޫނު ދުވަސްވަރު ކޮންމެ ދުވަހަކު ކާން ބޭނުންކުރަނީ ކާނާގެ ތެރޭގައި މިރުސް ހިމަނައިގެންނެވެ. އެހެންކަމުން ހޫނުން ސަލާމަތްވުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ކާނާގެ ތެރޭގައި މިރުސް ހިމަނައިގެން ކެއުމަށްފަހު ފިނި އެއްޗެއް ބުއިން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.