ސްކޫލް ބަންދުގެ ދިގު އިންތިޒާރަށްފަހު، ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އާއިލާއާއެކު ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމެވެ. ކާފު އަތޮޅު ހުރާގައި ހުންނަ "ސެރެނިޓީ ސްޓޭ" އަކީ މިފަހަރުގެ ސްކޫލް ޗުއްޓީ އާއިލާއާއެކު ފާހަގަކޮށްލަން އެންމެ ފުރިހަމަ މަންޒިލެވެ.
ލޯންޗެއްގައި ގާތްގަނޑަކަށް 20 މިނެޓްގެ ކުޑަ ވަގުތުކޮޅަކުން ދެވޭ މި ރަށަކީ، މާލެއާ ކައިރި، ނަމަވެސް މާލޭގެ ހަލަބޮލިކަމާ ދުރު، އަމާން މާހައުލެއް ލިބިދޭ ރަށެކެވެ. ހުރާގެ ހިތްގައިމު ކުޅީގައި ކެނޯ ދުއްވާލަން ދިއުމަށް ސެރެނިޓީ ސްޓޭއިން މިފަހަރުގެ ޗުއްޓީއަށް އަމާޒުކޮށް އާއިލާތަކަށް ޚާއްޞަ ޕެކޭޖްތަކެއް ވަނީ ތައާރަފުކޮށްފައެވެ. ގުދުރަތީ ރީތިކަމާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ކުދިންނަށް މޫދުގައި ކުޅެ މަޖާކޮށްލުމަށް މި ރަށަކީ ރައްކާތެރި އަދި އެހާމެ ހިތްގައިމު ތަނެކެވެ.

ކުދިންނާއެކު ތަޖުރިބާކޮށްލެވޭނެ ތަފާތު ހަރަކާތްތައް ސެރެނިޓީ ސްޓޭއިން އިންތިޒާމުކޮށްދެއެވެ. އޭގެ ތެރޭގައި::
ސްނޯކްލިންގ އަދި މޫދު ކުޅިވަރު: ރަށުގެ ހިތްގައިމު ފަޅުތެރޭގައި ކުދިންނާއެކު ކަނޑުގެ ދިރުންތައް ބަލާލަން ދިއުމާއި، އެކި ކަހަލަ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައް.
ޑޮލްފިން ކްރޫޒް: ލޯންޗެއްގައި ކަނޑުމައްޗަށް ނުކުމެ، ކުދިން އެންމެ ގަޔާވާ ކަނޑުގެ އެކުވެރިން ބަލާލުމުގެ ފުރުޞަތު.
ފިނޮޅު ދަތުރުތައް: އާއިލާއާއެކު ފިނޮޅެއްގައި މުޅި ދުވަސް ހޭދަކޮށްލައި، ހަނދާނުން ނައްތާނުލެވޭ ފަދަ އުފާވެރި ވަގުތުތަކެއް ހޭދަކުރުން.
ނައިޓް ފިޝިންގ: ދިވެހިވަންތަ މަސްވެރިކަމުގެ ތަޖުރިބާ ކުދިންނަށް ކޮށްލުމުގެ ފުރުޞަތު.

ސެރެނިޓީ ސްޓޭގެ ކޮޓަރިތަކަކީ އާއިލާއެއްގެ ހުރިހާ ބޭނުންތަކަށް ރިޢާޔަތްކޮށް، ތަނަވަސްކޮށް އަދި ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ތަންތަނެވެ. މުޅި ދުވަހުގެ ހަރަކާތްތަކަށްފަހު އަމިއްލަ ގޭގެ އިހުސާސް ކުރެވޭ ފަދަ އާރާމު މާހައުލެއްގައި ނިދާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ރަށުގެ ގޮނޑުދޮށުގައި އާއިލާއާއެކު ބާއްވާ ޚާއްޞަ ބާ.ބަ.ކިއު ރޭގަނޑުގެ ކެއުމަކީ މި ޗުއްޓީގެ އެންމެ އުފާވެރި އެއް ހަނދާނަށް ވާނެކަން ކަށަވަރެވެ.
ލޯކަލް ރެސިޑެންޓުންނަށް ޚާއްޞަ ޑިސްކައުންޓްތަކާއި، އާއިލީ ޕެކޭޖްތަކުގެ ބޭނުން ހިފައިގެން، މިފަހަރުގެ ސްކޫލް ބަންދުގައި އާއިލާއާއެކު ތަފާތު އަދި އުފާވެރި މާހައުލެއް ގައި ވަގުތު ހޭދަކޮށްލުމަށް ސެރެނިޓީ ސްޓޭ ހުރާ އަށް ދަތުރެއް ރާވާލަމާ ހިނގާށެވެ. މައުލޫމާތު ސާފުކޮށްލުމަށް އަވަހަށް ސެރެނިޓީ ސްޓޭގެ ނަންބަރަށް ގުޅާލައިގެން މައުލޫމާތު ސާފުކުރައްވާ ނުވަތަ ފޭސްބުކް ނޫނީ އިންސްޓަގްރާމްއިން ޑީއެމް ކޮށްލައިގެން ވެސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ.
