ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ އެންމެ ބޮޑު ސަޕޯޓަރު އަދި ޔޫޓިއުބް ސްޓްރީމަރު އައިޝޯސްޕީޑަށް އާދަޔާހިލާފު އަގުބޮޑު ހަދިޔާއެއް ދީ އުފަލުން ރޮއްވާލައިފިއެވެ. ރޮނާލްޑޯ ވަނީ މި އަހަރު ބޭއްވި ވޯލްޑް ކަޕް މުބާރާތުގައި އޭނާ ބޭނުންކުރި، ދުނިޔޭގައި ވެސް އެންމެ ދެ ބޫޓު އޮތް ހާއްސަ އެޑިޝަނުގެ ބޫޓެއް ސްޕީޑަށް ހަދިޔާކޮށްފައެވެ.
މި ހަދިޔާ ލިބުމުން ސްޕީޑް ލައިވް ސްޓްރީމެއްގައި އެ ފޮށި ހުޅުވި ވަގުތު އޭނާއަށް ލިބުނު ކުއްލި ސިހުމާއި އުފަލުން ހަޅޭއްލަވައި، ބޫޓުގައި ބައްދައި ރޮއެ ހަދާފައިވެއެވެ. މިއީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށް ސްޕީޑް ބުނެފައިވާއިރު، މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

މި ބޫޓަކީ ޕޯޗުގަލްގެ ވޯލްޑް ކަޕް ކެމްޕޭނުގައި ރޮނާލްޑޯ ބޭނުންކުރި ކަސްޓަމް ނައިކީ މާކިއުރިއަލް ސުޕަފްލައި 11 "ސީއާރް7 ގޯލްޑް ސްކޯޕިއަން" އެޑިޝަނުގެ ބޫޓެކެވެ. ރޮނާލްޑޯ ރޭވީ މި ބޫޓު ސްޕީޑާ ބައްދަލުކޮށް ހަދިޔާކުރުމަށް ނަމަވެސް، މުބާރާތުން ޕޯޗުގަލް ކެޓުމާ އެކު އޭނާ ވަނީ ސްޕީޑަށް ލިބޭނެ ގޮތަށް މި ބޫޓު ފޮނުވައިދީފައެވެ.
