ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ގޮތުގައި މޫދުގައި މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
