އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ އޯކްލޭންޑްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހަރަކާތްތެރިވި ފަޔަރފައިޓަރުން، ނޭވާލާން އުނދަގޫވެފައި އިން ކޮތަރަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އޭބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރުންނަށް މި ކޮތަރު ފެނުނީ އެ ސަރަހައްދުގައި ނޭވާލާން އުނދަގޫވެގެން ތެޅިފޮޅެނިކޮށެވެ.
ފަޔަރފައިޓަރުން ލަފާކުރި ގޮތުގައި ކޮތަރަށް ނޭވާލާން އުނދަގޫވީ ވެހިކަލްގައި ރޯވުމުގެ ސަބަބުން އުފެދުނު ބޯ ދުންތައް ބޮވުމުގެ ސަބަބުންނެވެ. އެހެންކަމުން، އެމީހުން ވަނީ ވަގުތުން ކޮތަރަށް ހާއްސަ މާސްކެއް މެދުވެރިކޮށް އޮކްސިޖަން ދޭން ފަށާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި، ފަޔަރފައިޓަރަކު އޭގެ ކައިރީގައި އިށީނދެގެން އިނދެ، ކޮތަރުގެ ބޮލުގައި އޮކްސިޖަން މާސްކެއް ޖައްސައިގެން އެހީތެރިވަމުން ދިޔައެވެ.
މި ހާދިސާގެ ފޮޓޯތަކާއި ޚަބަރު ސޯޝަލް މީޑިއާއަށް ތިލަވުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ. ކުޑަކުޑަ ދިރުމަކަށް ވިޔަސް، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަ ދައްކައި، އެ ސޫފި ސަލާމަތްކުރުމަށް ފަޔަރފައިޓަރުން ކުރި މަސައްކަތަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. މި ހާދިސާއަކީ ކޮންމެ ފުރާނައަކީވެސް އަގުހުރި އެއްޗެއްކަން ހަނދާންކޮށްދިން އޯގާތެރި އަމަލެކެވެ.
ޚަބަރު
ފަޔަރފައިޓަރުން ކޮތަރަކަށް އޮކްސިޖަންދީގެން ސަލާމަތްކޮށްފި
