ތަފާތު ލަވަތަކެއް އާންމުންނާއި ހަމައަށް ގެނެސްދެމުން އަންނަ "ހަމްބަލްބަކަރި"ގެ ވަރަށް ތަފާތު ލަވައެއް އަނެއްކާވެސް ރިލީޒްކޮށްފިއެވެ. މިފަހަރު ގެނެސްދިން ލަވައިގެ ނަމަކީ "ލޯގަނޑު" އެވެ.

މީގެ ކުރިން ރާއްޖޭގައި ޝޫޓްކޮށްފައިވާ ލަވަތަކާއި މުޅިން ތަފާތު ގޮތަކަށް ޝޫޓްކޮށްފައިވާ "ލޯގަނޑު"ން މޫނުތައް ފެންނަނީ ތަފާތު ގޮތަކަށެވެ. މި ތަފާތު ލަވައިގެ ވީޑިއޯ ހަދާފައިވަނީ ވިޝާލް ޒަކީއެވެ.

ފަޔާ މިއުޒިކް ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ހައްފާފް އާއި ތުއްތުޕާކްއެވެ. ލަވައިގެ ލިރިކްސް ހަދާފައިވަނީ ހަމްބަލްބަކަރިއާއި ތުއްތުޕާކްއެވެ.

މި ލަވަ ބައިސްކޯފުގައި ރިލީޒްކޮށްފައިވާއިރު މީގެ ތިން ދުވަސް ކުރިން މި ލަވަ ވަނީ ބައިސްކޯފުގެ ޔޫޓިއުބް ޗެނަލްގައިވެސް ރިލީޒްކޮށްފައެވެ.